Support Us

ޕީޕީއެމް/ޕީއެންސީން މަޖިލީހަށް ހޮވޭ ކަނބަލުންނަށް އިތުރު އެލަވަންސެއް ދެނީ

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީޢެމް/ޕީއެންސީން ކުރިމަތިލައިގެން ހޮވޭ ކަނބަލުންނަށް ޕާޓީން އިތުރު އެލަވަންސެއް ދޭ ގޮތަށް ހަަމަޖައްސަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިއަދު އެކްސްއެެއްގައި ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު ބާއްވާ 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ ކަނބަލިން ބައިވެރިވެ ހޮވިގެން ދިއުމަކީ އެމަނިކުފާނު ވަރަށް ރުހިވަޑައިގެންނަވާ ކަމެއް ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން ވީހާ ވެސް ގިނަ ކަނބަލުން ކުރިމަތިލައި 20 އިންސައްތަ ގޮނޑިއަށް ކަނބަލުން ހޮވުމަށް ވެސް ޑރ. މުއިއްޒުގެ ފޯސްޓްގައި ގޮވާލައްވައިފައިވެ އެވެ.

"މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން ބޭފުޅަކަށް މަޖިލީހުން ލިބޭ މުސާރަައާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖެއްސުމަށް އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިހާރު ހިނގާ 19 ވަނަ މަޖިލީހުގައި ހުރި ޖުމްލަ 87 ގޮނޑީގެ ތެރެއިން ކަނބަލުން ތިއްބެވީ އެންމެ ހަތަރު ގޮނޑީގައެވެ. އެއީ އެމް.ޑީ.ޕީގެ ތިން ގޮނޑިއެއްގަ އާއި ޑިމޮކްރެޓްސްގެ ގޮނޑިއެއްގައެވެ.

މިހާރު އޮތް މަޖިލީހުގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ އެންމެ ގޮނޑިއެއްގައި ވެސް ކަނބަލެއް ނެތް އިރު އަންނަ އަހަރު މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާނެކަން ވަނީ އިޢުލާންކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ މޭ ނުވަތަ އެޕްރީލް މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަންނަ އަހަރު އުފެދޭ ރައްޔިތުންގެ އާ މަޖިލީހުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *