Support Us

ހުޅުމާލޭ ހައިވޭގެ ސޯލާ ޕެނަލްތައް ނަގައި ދެ ރަށަކަށް ބަދަލުކުރާނަން: ޑރ. މުއިއްޒު

ހުޅުމާލޭގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ސަރަހައްދުން ނަގައި، އެހެން ދެ ރަށެއްްގައި ބޭނުންކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުުރެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލެއަށް އަންނަން އޮންނަ ހައިވޭ ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށާއި އެ ސަރަހައްދަކީ މާލޭ ސަރަަހައްދުގައި އެންމެ ރީއްޗަށް މޫދު ފެންނަން އޮންނަ ސަރަހައްދު ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެ މަގުގެ އަތިރިމަތީގައި ޖަހައިފައިވާ ސޯލާ ޕެނަލްތަކުގެ ސަބަބުން އެ ސަރަހައްދުގެ ރީތިކަން ގެއްލިފައިވާ ކަމަށެވެ.

އެހެންވެ، ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ގަސްދުކުރައްވަނީ ހައިވޭގައި ޖަހައިފައި ހުރި ސޯލާ ޕެނަލްތައް އެ ސަރަހައްދުން ނެގުމަށްފަހު އެތަކެތި ހަރުކުރުމަށް ފަންޑުކުރި ފަރާތްތަކާ މަޝްވަރާ ކޮށްގެން އެތަކެތި އެހެން ދެ ރަށެއްގައި ހަރުކޮށްގެން ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަވަން ކަމަށެވެ.

"އެއް ރަށް ނޫނީ ދެ ރަށް އެއްކޮށް ސޯލާ ޕަވާއިން ހިންގާ ގޮތަށް ބަދަލުކުރުމަށް މި ތަކެތި މިތަނުން ނަގައިގެން ގެންދަން. ގެންގޮސްފައި އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ ގޮތަށް އަޅުގަނޑުމެން އޭގެ ބޭނުން ހިފާނަން. މިހާރު މި އޮތް އޮތުން ނިމުމަކަށް ގެންނާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައަކީ މުހިންމު ކަމެއް ކަމަށާއި އާ ސަރުކާރުން ވެސް އެކަމަށް އިސްކަމެއް ދޭނެ ކަމަށެވެ. ނަމަވެސް ކޮންމެ ކަމެއް ކުރުމުގައި ވެސް އެކަމެއް ކުރުމަށް އޮންނަ އެންމެ ރަނގަޅު ގޮތަކަށް އެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ތައިލޭންޑުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫގެ މަސައްކަތް ނިމި މި މަހު އެ ޕެނަލްތަކުން ކަރަންޓް އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ޕެނަލްތަކުން އުފައްދާ ކަރަންޓްގެ ސަބަބުން އަހަރަކު 20 މިލިއަން ރުފިޔާ ތެލަަށް ކުރާ ހަރަދުން ކުޑަކުރެވިގެންދާނެ ކަމަށް ވެސް އެންވަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *