Support Us

ފަލަސްތީނު ފަންޑަށް ސްޓެލްކޯ އިން ފަސް ލައްކަ ރުފިޔާ

އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސްޓެލްކޯ އިން ފަސް ލައްކަ ރުފިޔާ ހާދިޔާކޮށްފިއެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" ފަސްލައްކަ ރުފިޔާ ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ހަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. ޗެކާ ހަވާލުވީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލެވެ.

ސްޓެލްކޯ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށްގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސްޓެލްކޯ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައިވެސް ފަންޑުފޮއްޓެއް ބަހައްޓައިފައިވާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. Dr shaheed ah thikan eguneeema eyna varah dheravaaane. Eyna beynunvaaane thikan huttuvan. Eiii Dhivessakas kaafarakaaa vahthareee

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *