ފަރުވާކުރަން ޖެހޭނޭ، ހަމަބުއްދި ގެއްލިދާއިރު
މަރުވާނެކަން އެނގޭހޭ މަރު ހަނދުމަނެތި އުޅޭއިރު
ދުނިޔޭގެ ސޫރަ ނުދެކޭ ލޯތައް މަދެއް ނުވާނޭ
ދުނިޔޭގެ ބިންމަތީގައި އުޅެ އުމުރު ހުސްވެދާއިރު
ހަނި ޖާގައެއްމެ ނޫނީ ލިބުމެއް ނެތޭ އުފަލަކަށް
އުނިވާ ކިތަންމެކަމެކޭ އެހުރީ ގުނަން ބަލާއިރު
ކަންކަން މިތާ ހިނގާގޮތް، ތަންތަން ފަނާވެދާގޮތް
ދަންނާށެ އޭ އަޚުންނޭ! ވަގުތާ ޒަމާން ހިނގާއިރު
ކެނޑި މަރުޙަބާގެ އަޑުތައް، ކޮށްފާނެ ހުތުރު ދަޢުވާ
ކަނޑި ތޫނު އޭގެ އުރައިން ނުރުހުންވެ ތިބެ ނަގާއިރު
ވާތީ ޚަރާބު ހިތްތައް، ދުނިޔޭގެ ހައިކަމެއްގައި
ޒާތީ ގޮތުންނެ ހިފަނީ އަދު ޙައްޤުތައް ބަހާއިރު
އާދައިގެ ނޫނެ ހޫނެއް، އެ ބިމުން ތިބާ ދެކޭނީ
މާދަން ދެވޭހެ ފިންޏަށް، ޣާފިލް ނިދިން ނިދާއިރު