Support Us

ފަލަސްތީނު ފަންޑަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ރާއްޖޭގެ މީޑިއާއިން ހިންގާ ޓެލެތޯން ފަންޑަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާ ދީފިއެވެ.

"އަހަރުމެން ފަލަސްތީނާއެކު" ޓެލެތޯން ޝޯގައި އެސ.ްޓީ.އޯގެ ފަރާތުން މި އެހީގެ ޗެކު ހަދިޔާކޮށްދެއްވީ އެމް.ޑީ އަބްދުﷲ ސައީދާއި، އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުނިތަކުގެ އެމްޑީން ގުޅިވަޑައިގެންނެވެ.

"ދިވެހިރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައެއްގެ ގޮތުގައި ތިބި ބައެކެވެ. އިސްރާއީލުން މިހާރު ހިންގަމުންދާ އުދުވާނާ ގުޅިގެންވެސް ދިވެހިންވަނީ ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށައިފައެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ މި ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް، އެމްއެސްއެސް އަދި އެފްއެސްއެމްއިން އެ ރައްޔިތުންނާއެކު ތިބިކަން ޔަގީންކޮށް އަރުވަމެވެ." މި އެހީ އަށްފަހު އެސ.ްޓީ.އޯ އިން ނެރުނު ބަޔާނެއްގައި ވެއެވެ.

"އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ހިންގާ ކެމްޕެއިންގައި އެސްޓީއޯ އަދި އެސްޓީއޯ ގްރޫޕް ކުންފުނިތަކުން ބައިވެރިވެ، އެ ކުންފުނި ތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ދިވެހި ރުފިޔާ، "އަހަރުމެން ފަލަސްތީނާއެކު" ޓެލެތޯން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަވާލުކުރެވިފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *