Support Us

260،000 ޑޮލަރަށް ވިއްކާ "ސްކިނީ ހައުސް" އެއް ބޭނުންތަ؟

"ސްކިނީ ހައުސް"ގެ ނަމުން މަޝްހޫރުވެފައިވާ މި ގޭގެ އެއްކޮޅުގެ ފުޅާމިނުގައި ހުންނަނީ އެންމެ ތިން ފޫޓެވެ. އެމެރިކާގެ އިލިނޯއީގައި ހުރި މި ގޭގެ ވީޑިއޯއެއް ޓިކްޓޮކްގައި ހިއްސާކުރުމުން މި ގެއަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފަ އެވެ. އަދި ޓިކްޓޮކަށް ލާފައިވާ މި ގޭގެ ވީޑިއޯއަށް މިލިއަނަކަށްވުރެ ލައިކް ލިބިފައިވާއިރު، މި ގެއާ މެދު ގިނަ ބަޔަކު ވަނީ އެމީހުންގެ ހިޔާލުފާޅުކޮށްފަ އެވެ.

"ތިއީ ގެއެއް ނޫން. ތިއީ ހޯލްވޭ އެއް!"

"މިތާ ކިހިނެއް ބަޔަކު ދިރިއުޅޭނީ؟"

"މި ގޭގައި އުޅޭ ބަޔަކު ކާން ވާނީ ވަރަށް ވިސްނައިގެން. އެހެންނޫނީ އަނެއްކާ ގޭތެރޭގައި ތާށިވެދާނެ."

"މި ގެ ގަންނަން އެބަ ވިސްނަން. އެކަމަކު ބޭނުންވާ ވަރަށް ސޮކެޓު ހުރިހެނެއް ހިއެއް ނުވޭ."

ވީޑިއޯއަށް ކޮށްފައިވާ ބައެއް ކޮމެންޓުތަކުގައި ވެ އެވެ.

ދެ ބެޑްރޫމާއި ތިން ފާހާނާ ހިމެނޭ މި ގެ ވިއްކަން ކަނޑައަޅާފައިވާ އަގަކީ 260،000 އެމެރިކާ ޑޮލަރު ކަމަށް ނިއުޔޯކް ޕޯސްޓުން ބުންޏެވެ. ސްކިނީ ހައުސްގެ ގޮތުން މި ގެ މިހާރު މަޝްހޫރުވެފައިވީ ނަމަވެސް މި ގޭގެ އަސްލު ވެރިން މި ގެއަށް ދީފައިވާ ނަމަކީ "ޕައި ހައުސް" އެވެ. އެއީ މި ގެ ހަދާފައި ހުރީ އެއްފަޅިއަށް ހިމަވެފައި އަނެއް ފަޅިއަށް ފުޅާކޮށް ކަމުން ބަލާ ބެލުމަށް ތިނެސްކަން ބައްޓަމަކަށް ހުންނާތީ އެވެ. މި ގޭގެ އެއްފަޅީގެ ފުޅާމިނުގައި ތިން ފޫޓު ހުރި ނަމަވެސް އަނެއް ފަޅީގައި 20 ފޫޓު ހުންނަ ކަމަށް ނިއުޔޯކް ޕޯސްޓުން ބުނެ އެވެ.

އާދަޔާޚިލާފަށް ހިމަ ކަމަށް މި ގެ ބޭރުފުށުން ދެއްކި ނަމަވެސް، ގޭގެ އެތެރެ ފަރުމާކޮށްފައި ހުރި ގޮތުން ކިތަންމެހާވެސް ރީއްޗެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *