Support Us

ހުޅުމާލޭ ފޭސް ތިނެއްގެ "ސައިޓް އޭ" އަންނަ ހުކުރަށް ހިއްކައި ނިމޭނެ: އާބަންކޯ

ހުޅުމާލޭ ފޭސް ތިނެއްގެ ސައިޓް އޭގެ 70% ހިއްކައި ނިމިފައިވާ ކަމަށާއި އަންނަ ހުކުރު ދުވަހަށް އެބައި އެއްކޮށް ހިއްކައި ނިންމާލެވޭނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯ އިން ބުނީ މި ޕްރޮޖެކްޓުގައި ސައިޓް އޭ އަށްފަހު ހިއްކުމަށް ހަމަޖެހިފައި ވަނީ ސައިޓް ބީ ކަމަށެވެ. އެހެންކަމުން ސައިޓް ބީގެ ސަރަހައްދުގައި އަޅައިފައިވާ އުޅަނދުތައް، މަސައްކަތް ފެށުމަށް އެ ސަރަހައްދުން ވީހާވެސް އަވަހަކަށް ނެގުމަށް އާބަންކޯ އިން ވަނީ ގޮވާލައިފައެވެ.

"ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ. އެގޮތުން ހުޅުމާލެ ފޭސް ތިނެއްގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެކެވެ." އާބަންކޯގެ ބަޔާނުގައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *