(އަމިއްލަ ރާގެއް)
ވިލާ ކަޅު ބޯމަތިން ދިޔަޔަސް، އެނގޭހޭ، އޭގެ ފުރަގަހުގައި
އިލާހީ ނޫރު ލައްވައިފައިވި ހަނދު އުފަލުން ނިކަން ވާނޭ
ވިލާ ކަޅު ބޯމަތިން ދިޔަޔަސް…
ކިލާކޮށް ދުނިޔެމަތި ފެނުނަސް، ފެނޭހޭ މާދަމާ އޮތް ގޮތް
ބިލާހަށް ހުވަފެނެއް ވިޔަކަސް، ޙަޤީޤަތް އަތުގަ ފިރުމާނޭ
ވިލާ ކަޅު ބޯމަތިން ދިޔަޔަސް…
އިލާގަނޑު ކުރަކި ރުކުގައިވާ ފޮޅޭ އެތް ޔަތް-ޙިމާ ކުރިިހެން
ކަލާޔަށްވެސް ކުރަކި ބޭރުން، އެތެރެ މޮޅު، ޖައުހަރެއް ވާނޭ
ވިލާ ކަޅު ބޯމަތިން ދިޔަޔަސް…
ވަލާ ޖަންގަލި ކުނބުރު-ކަށި އޮތް ޖަލެއް ކަމުގައި މިއަދު ފެނުނަސް
މަލާ މަލުގައި ވި މީރުވަހުން ބަގީޗާ ހުވަނދުވެސް ވާނޭ
ވިލާ ކަޅު ބޯމަތިން ދިޔަޔަސް…