Support Us

ވަގުބުޅާހެން މަގުމަތީ… ދޯ؟

ވަގު ބުޅާ ހެން މަގު މަތީ މީހަކު އުޅޭތަން ފެނިލުމުން،
އަގު ނެތޭ، ގަދަރެއް ނެތޭ، ވިސްނޭ ކަތަކު ނުބުނާނެ، ދޯ؟

މަގު ފުރެދުމާ ހިތިވި މަޖުބޫރާ އެއީ ދެކަމޭ މުޅިން
ރަގުޑު ނުނަގައި، ރާ ނުބޮއި، އެ ފަކީރު ހަމަ ހުންނާނެ، ދޯ؟

ކޮންމެ އިންސާނެއްގެ ވެސް ބޭނުން ޒަރޫރީ ހުންނަކަން
އެންމެ ފަހަރަކު ތަޖުރިބާ ކޮށްލީމަ އެނގިގެން ދާނެ، ދޯ؟

ވޭ ހިނގައިލަން ކިސަޑު ގޭ ދޮށު ގޯޅިގަނޑު ސުވަރުގެ ކަމަށް
ގޭ ހަތަރު ފާރުގެ ޖަލެއްގައި ބަންދު ވީމައި ހީވި، ދޯ؟

މަސް ލަނޑާ ކައިގެން އުޅުނުއިރު ނޭގުނަސް އެނގި ފަހުމުވީ،
މަސްދަޅުން ފުއްދާލުމަށް ބެލިއިރު އެވެސް ނެތުމުންނެ، ދޯ؟

ފުކުމިރުސްވި ގިތެޔޮ ލިބުނު ފޯރާ ދުވަސް ގޮސް ގެއްލުމުން،
ހިކިމިރުސް ކޮޅަކުން ފުދެން ޖެހުނީމަ ވީގޮތް އެނގުނު، ދޯ؟

ދުނިޔެ އުޅުމަށް ލޯބިވާ ބުޅަލަށް ލިބެންވާ މިންވަރުން
އުނިކުރީމާ ގޭދޮށުން  ބާއޯ ގޮވައިފައި ވަގުވި، ދޯ؟

ކެތްކުރާ މީހާ ފުޅަށްބުޑުގައި އޮތޭ ބުނެ ލޮއްސިޔަސް،
ދެއްކި އެ މިސާލުން އެ ވާ ފައިދާ ކޮބައިހޭ، ނުފެނެ، ދޯ؟

ފެން ބޮވައިގަނެ ނުލިބިފައި، ވާރޭ ވެހޭއިރު ގޭތެރޭ،
ފެން ވެހޭއިރު އަސްކަނިން ބޭރަށް ހިލޭ..؟ ވިސްނިއްޖެ، ދޯ؟

ވަގު ބުޅާ ހެން މަގު މަތީ މީހަކު އުޅޭތަން ފެނިލުމުން،
އަގު ނެތޭ ގަދަރެއް ނެތޭ، ވިސްނައިފަ ދެން ނުބުނާނެ، ދޯ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *