Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: 2029ގެ ސިއްރު ޕްލޭން ހަޤީގަތަކަށް ނުވަނީސް ދިވެހީން ހޭލާށެވެ!

ދިވެހި ޤައުމުގެ ދިފާއުގައި ތެދުވެވަޑައިގެން ތިއްބެވި އެންމެ ވަތަނީ ކަމަށް ގިނަ ބަޔަކު ދެކޭ ބޭފުޅުންގެ ތެރޭގައި ހަމަ ގައިމު ވެސް ޤާސިމްް އިބްރާހިމާއި އުމަރު ނަސީރު ހިމެނޭނެއެވެ. ފަހަކަށް އައިސް ފާރިސް މައުމޫނުގެ ނަން ވެސް އެ ލިސްޓުގައި ގިނަ ބަޔަކު ހިމަނަ އެވެ. ނަމަވެސް މި އަހަރުގެ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވެވަޑައިގަތުމުން ޤާސިމާއި އުމަރު ނަސީރާއި ފާރިސް މައުމޫނުވެސް ނިންމެވީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ކޮޅަކާ ގުޅިވަޑައިނުގެން ތިއްބެވުމަށެވެ. ހާއްސަކޮށް ޤާސިމާއި އުމަރު ވަނީ މި ސަރުކާރަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ މި ޤައުމު އިންޑިއާގެ އަޅުވެތިކަމަށް ގޮސް ނިމޭނެ ކަމަށް ވިދާޅުވެ ވަރަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައިފައެވެ. ސުވާލަކީ ދެވަނަ ބުރުގައި މި ބޭފުޅުން ވަކި ކޮޅެއް ނުނެންގެވުމުގެ ސަބަބުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެން، އިންޑިއާގެ އަޅުވެތިކަމަށް ދިވެހި ޤައުމު ދިއުމުން އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ ތެރޭގައި ޤާސިމާއި އުމަރު ފަދަ ބޭފުޅުން ނުހިމެނޭނެތޯއެވެ؟

ޚިޔާލީ ކުޑަ މިސާލެކެވެ! އުމުރުން ފަސް ވަރަކަށް އަހަރުގެ ޔަތީމު ކުއްޖެކެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕަ މަރުވުމުން، އެ ކުއްޖާ ތަސައްރަފު ފުދޭ އުމުރަކަށް ދަންދެން އެ ކުއްޖާގެ ބައްޕަގެ މުދާ ބަލަހައްޓައިދީ، ކުއްޖާގެ ބެލެނިވެރިއަކަށް ވުމަށް މީހަކު ހޮވަން ޖެހުނީ ވޯޓަކުންނެވެ. މިކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން އެކަކީ ކުޑަކުދިންނާ ބެހޭ، ވައްކަން ކުރާ މީހެކެވެ. އެންމެ ގިނަ ވޯޓުން ކުއްޖާގެ ބެލެނިވެރިކަން ލިބުނީ އެއްކަލަ ނުބައި މީހާއަށެވެ. އޭނާ ހެދިހާ ދޮގުތައް ރަށުގެ މީހުން ޤަބޫލުކޮށް އޭނާ އަށް ވޯޓު އެޅީ އެވެ. އެވަގުތު އެކަމާ ޖަދަލުނުކޮށް، އެ ކުއްޖާގެ އާއިލީ މީހުން ތިއްބެވެ. އެ ކުއްޖާއަށް ހެޔޮއެދޭ ކަމަށް އެމީހުން ބުނިކަމުގައި ވިއަސް، އެފަދަ ނުބައި މީހެއްގެ ބެލެނިވަރިކަމުގެ ދަށަށް އެކުއްޖާ ދިޔައިރު ވަކި އަތަކަށް ބަހެއް ނުބުނެ އެމީހުން ތިބިތިބުމަކީ އެ ކުއްޖާއާ މެދު އެމީހުންވީ ވަރަށް ބޮޑު އިހުމާލެކެވެ. އިންޑިއާ އިން ދިވެހި ރާއްޖޭގެ ދާހިލީ، ހާރިޖީ އަދި މާލީ ކަންކަމުގެ ތެރެއަށް ވަދެ، ރާއްޖެ އަޅުވެތިކޮށް، ދަރަނީގެ ދަންތުރާގައި ޖައްސަން ކުރާ މަސައްކަތް މިހާ ހާމަކަން ބޮޑުކޮށް އެނގެން އޮތް އިރު، ރިއާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުމަރު ނަސީރާއި ޤާސިމް ފަދަ "ވަތަނީ" ބޭފުޅުން ވަކި އަތަކަށް ޖެހިވަޑައިނުގެން ތިއްބެވުމަކީ އެއްކަލަ ޔަތީމު ކުއްޖާ އަށް އޭނާގެ އާއިލާ މީހުން ހެދި ގޮތަށް ޗައިލްޑް އެބިއުސާއަކާ އެ ކުއްޖާ ހަވާލު ކުރަން ދޫކޮށްލުން ފަދަ ކަމެކެވެ.

ރައީސް ސޯލިހާއި އެމް.ޑީ.ޕީ އަށް ފަސް އަހަރުގެ ރިއާސީ ދެވަނަ ދައުރެއް ލިބިއްޖެނަމަ އުތުރު ތިލަފަޅާއި ހަނިމާދޫ އަދި އައްޑޫ ގަން ފަދަ އިތުރު އެތައް ތަނެއް އިންޑިއާ އަށް ދޭނެއެވެ. އަދިވެސް އިތުރަށް ދަރަނި ދަންތުރާގައި ރަނގަޅަށް ރާއްޖެ ޖައްސާނެއެވެ. ގޮތް ނޭނގޭ، ސިއްރު އެތައް އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. ރައްޔިތުންނަށް ވާނުވާއެއް ނޭނގި ތިއްބާ ދިވެހި ރާއްޖޭގެ ރަށްވެހިކަން އިންޑިއާ މީހުންނަށް ދީ، ރާއްޖޭގައި "ދިވެހި-އިންޑިއާ" ރައްޔިތުން، ނުވަތަ "ދިވެހިންޑިއަންސް" އުފައްދާނެއެވެ. އެފަދަ ހާލަތަކަށް ޤައުމު އަޅުވެތިވެ، އިންޑިއާގެ ބަޔަކަށް ރާއްޖެ ވުމުން، 2028 ވަނަ އަހަރު އޮންނަ ރިއާސީ އިންތިހާބެއްގައި "ދިވެހިންޑިއަންސް" ވެސް ވޯޓު ލާނެއެވެ. އެ ދުވަހަކުން ޤާސިމް، ފާރިސް ނުވަތަ އުމަރު ނަސީރު ދިވެހި ރައްޔިތުން ކުރިމައްޗަށް ވަޑައިގެން ވޯޓަށް އެދި ވިދާޅުވާނެ އެއްޗެއް އޮންނާނެތޯއެވެ؟ އެ ދުވަހަކުން އެ ބޭފުޅުންނަށް ދޭނެ ވޯޓެއް ދިވެހި ރައްޔިތުންގެ އަތުގައި އޮންނާނެތޯއެވެ؟ ދިވެހި ޤައުމު އިންޑިއާގެ ނުފޫޒާއި އަޅުވެތި ކަމުން ސަލާމަތްވާން އެންމެ ބޭނުންވާ ދުވަހު، ޑރ. މުއިއްޒާއި އޮތް ޚިޔާލުތަފާތުވުމަކީ އުޒުރެއް ކަމަށް ދައްކަވައި، ވަކި ކޮޅަކަށް ޖެހިވަޑައިނުގެން ތިޔަ ތިއްބެވި ތިއްބެވުމަކީ ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެކެވެ. ވެވޭ ގައްދާރުވުމެކެވެ. ދެވޭ ބޮޑު އަނިޔާއެކެވެ.

އައްޑޫ ސިޓީގެ ހަންކެޑެ އާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ހިންގާ އިންޓެގްރޭޓެޑް ޓޫރިޒަމް ސަރަހައްދުތަކުން އެޕާޓްމެންޓާއި، ގެއާއި، ބިން، ބޭރު މީހުންނަށް ވިއްކުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ އަސްލަކީ އިންޑިއާ މީހުން ގެނެސް ރާއްޖޭގައި އާބާދުކުރުމެވެ. ދިވެހިން ކަންބޮޑުވަނީ ބޭރު ބަޔަކަށް ބިން ވިއްކާތީއެއް ނޫނެވެ. ހަމައެކަނި އިންޑިއާއަށް ދިވެހި ރައްޔިތުންގެ ބިންތައް ވިއްކާތީއެވެ. އިންޑިއާއިން ދިވެހި ރާއްޖެ އަޅުވެތިކުރުމަށް ހިންގާ ސިއްރު އެޖެންޑާ އެނގިވަޑައިގެން ތިއްބަވައި ޤާސިމާއި އުމަރާއި ފާރިސް ފަދަ ބޭފުޅުން މި ހެއްދެވި އެއްޗަކުން އެބޭފުޅުންގެ ސިޔާސީ ކުރިމަގު ބަނަވެ، ރައްޔިތުންގެ އިތުބާރު ގެއްލޭނެކަން ޔަޤީނެވެ.

މިއީ ހަތިޔާރާއެކު އަރައި ގައުމުތައް އަޅުވެތިކުރާ ޒަމާނެއް ނޫނެވެ. ދިވެހިރާއްޖެ އަޅުވެތި ކުރުމަށް އިންޑިއާއިން ގެންގުޅޭ އެޖެންޑާ ހަރުފަތަކަށްފަހު ހަރުފަތެއް، ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ގިރާކުރަމުން ގޮސް، 2023 އަކީ އޭގެ އެންމެ ފަހު މަރުހަލާ އެވެ. އެހެންވެ 2023 އެމީހުންނަށް ލިބިއްޖެ ނަމަ 2028ގެ ކުރީން ހުރިހާ ކަމެއް ކޮށް ނިންމާނެއެވެ. އިންޑިއާގެ ލަކަޑިވްސް އިން ފެށިގެން ގޮސް، ދިވެހި ރާއްޖެ އާއި ފޯޅަވަހި ހިމެނޭހެން އިންޑިއާގެ ބަޔަކަށް ހަދައި، އިންޑިއާ ކަނޑުގައި އިންޑިއާގެ ދިފާއި "ބޮޑު ފާރެއް" އަތުރާލާނެއެވެ.

ދެހާސް އަށާވީހުގައި ވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުމަރާއި ފާރިސް އުއްމީދު ކުރެއްވުމަކީ ދެކޮޅު ނުޖެހޭ، މޮޔަ އުއްމީދެކެވެ. ދެހާސް އަށާވީސް ދިވެހި ރައްޔިތުންނަކަށް ވެސް އަދި އުމަރަކަށް ފާރިސް އަކަށް ވެސް ނުލިބޭނެއެވެ. އެމް.ޑީ.ޕީ އާއި ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ވަރަށް ރޭވުންތެރިކަމާއެކު، އިންޑިއާއާ ގުޅިގެން، ދިގު މުއްދަތުގެ އެޖެންޑާއެއް ހިންގަމުން ގެންދާ ބައެކެވެ. ދެހާސް ތޭވީހަކީ ދިވެހީންނަށް ދިވެހި ޤައުމު ހޯދަން ލިބޭ ފަހު ފުރުސަތެވެ. މި ފުރުސަތުގައި ވަކިކޮޅަކަށް ނުޖެހި، ދިވެހި ޤައުމު ޔަތީމެއްގެ ގޮތުގައި ދޫކޮށްލާ ބަޔަކަށް ދިވެހީން ދެން ދުވަހަކުވެސް އިތުބާރެއް ނުކުރާނެއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު، ރައްޔިތުން މޮޔަ ހައްދާފައި، ދޮގު ވައުދުތައްވެ، އިންޑިއާގެ ފައިސާގެ ނުފޫޒާއި، ވޯޓް އޮޅުވާލުމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، އެމް.ޑީ.ޕީގެ ހަގީގީ އެޖެންޑާ ފެށޭނެއެވެ. އެގޮތުން 2024 ވަނަ އަހަރު އޮންނަ އާއްމު އިންތިޚާބު ކާމިޔާބުކޮށް، މަޖިލީހަށް އެންމެ ފުރަތަމަ ވެއްދޭ ބިލްތަކުގެ ތެރޭގައި ބިދޭސީންނަށް (އިންޑިއާ މީހުންނަށް) ރަށްވެހިކަން ދިނުމުގެ ބިލް ހިމެނޭނެއެވެ. އެއާއެކު އިންޑިއާގެ ނުފޫޒުގަދަ ވަޠަނީ ބަޔަކު، ދިވެހި ރައްޔިތުން ކަމުގައި ހަދާނެއެވެ. ހަގީގީ އެޖެންޑާގެ މަސައްކަތް އެ ހިސާބުން އިހުނަށްވުރެ ބާރަށް ކުރިއަށް ދާނެއެވެ. އެގޮތުން ދިވެހި ރާއްޖޭގެ މަޖިލީހުގެ ކޮންމެ ދާއިރާއެއްގައި ރަޖިސްޓްރީވެފައިވާ "ދިވެހިންޑިއަންސް" ތިބޭނެއެވެ. އެއީ ވެސް ދިވެހި ރައްޔިތުންނެވެ! އެ ހިސާބަށް ދާއިރު، ދިވެހި ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ހުރިހާ ބާރެއްގެ ކޮންޓްރޯލް އޮންނާނީ ދިވެހިންޑިއަންސް އަތުގައެވެ.

އެ ހިސާބުން، 2028 ވަނަ އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ރައީސަކަށް ވާނީ ދިވެހިންޑިއަންސްގެ ދިވެއްސެކެވެ. އަދި 2029 ވަނަ އަހަރު ބޭއްވޭ އާއްމު އިންތިހާބުގެ މެޖޯރިޓީ ނަގައި މަޖުލިސް ކޮންޓްރޯލް ކުރާނީ އެމް.ޑީ.ޕީ އާއި ބީ.ޖޭ.ޕީ ގުޅިގެން އުފައްދާ މޯލްޑިވްސް ޑިމޮކްރޭޓިކް ބަހަރަތިޔާ ޖަނަތާ ޕާޓީ (އެމް.ޑީ.ބީ.ޖޭ.ޕީ) އިންނެވެ. އެއަށްފަހު، 2029 ވަނަ އަހަރު ރައްޔިތުންގެ މަޖުލީހަށް ހުށަހެޅޭނެ ފުރަތަމަ ބިލަކަށް ވާނީ، ދިވެހިރާއްޖެ އިންޑިއާގެ ޔުނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލެވެ. އެ ހިސާބުން ދިވެހިރާއްޖެ، މިނިވަން ގައުމެއްގެ ގޮތުގައި އެތައްހާސް އަހަރެއް ވަންދެން އޮތް އޮތުން ނިމުމަކަށް އަންނާނެއެވެ. މިހާރު މިތިބަ ޚާއިނުންތައް 2029 ވަނަ އަހަރުގެ މިހާލަތު އަންނަ އިރު ތިބޭނީ ޔޫރަޕާއި އެމެރިކާގެ ގައުމުތަކުގެ ބޮޑެތި ގަނޑުވަރުތަކުގައި އެކައުންޓް ބެލެންސް ބަލާލަ ބަލާލައި، ހިނިތުންވެފައެވެ. އަޅުވެތިކަމުގެ ހިތިކަން ތަހައްމަލް ކުރާނީ މި "ދިވެހި" ބިމުގައި، ދެވަނަ ދަރަޖައިގެ މީހުންގެ ގޮތުގައި، ދިވެހިންޑިއަންސްގެ ދަށުގައި ތިބޭނީ ދިވެހި ރައްޔިތުންނެވެ.

މިހާރުވެސް އުތުރު ތިލަފަޅު ވަނީ އިންޑިއާގެ އަސްކަރިއްޔާއަށް ދިގު މުއްދަތަކަށް ދީފައެވެ. ބުރިޖު އަޅާށޭ ކިޔާފައި އިންޑިއާގެ އެފްކޮންސް ކުންފުންޏަށް މާލެއިން ބޮޑު ސަރަހައްދެއް ވަނީ ދިގު މުއްދަތަކަށް ދީފައެވެ. ހަނިމާދޫ އެއާޕޯޓް ވަނީ އިންޑިއާގެ ކުންފުންޏަކަށް ވިއްކާލާފައެވެ. ކައްދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ ނަމުގައި ހައްދުންމަތީ ގަމުން ބޮޑު ބިމެއް އިންޑިއާގެ ކުންފުންޏަކަށް ދޭން ވަނީ ނިންމާފައެވެ. ހދ. ނޮޅިވަރަންފަރުން ބޮޑު ބިމެއް އިންޑިއާގެ ކުންފުންޏަކަށް ވަނީ ވިއްކާލާފައެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ ނަމުގައި އިންޑިއާގެ ރެނާޓިސް ކުންފުންޏަށްވަނީ ވިއްކާލާފައެވެ. ތިލަފުށިން 99 އަހަރަށް އިންޑިއާގެ ކުންފުނި ތަކަށް ބިން ވިއްކުމަށް ނިންމާ އެކަން އެދަނީ ތަންފީޒު ކުރަމުންނެވެ. އަދި އިންޑިއާގެ އަދާނީ ކުންފުންޏަށް ގުޅީފަޅު ވިއްކާލުމަށް ހުރިހާ ކަމެއް އޮތީ ނިމިފައެވެ. ސިފައިންގެ ލީޑަޝިޕަށް ބޮޑެތި ބަދަލުތައް ގެނެސް އިންޑިއާ އިން ތަމްރީނު ލިބިފައިވާ، އިންޑިޔާ ބުނާހާ ގޮތަކަށް ކަންތައްތައް ކުރާނެ، ބަޔަކު ވަނީ އެކި މުއައްސަސާ ތަކުގެ އިސް މަގާމުތަކަށް އިސްކޮށްފައެވެ. އާންމު ރައްޔިތުން ތިބީ، އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ފަންނާނުން ގެނެސް ބޮޑެތި މިއުޒިކް ޝޯތައް ބާއްވާ، ނެށުމާއި މަޖާކުރުމުގައި ޣާފިލުކޮށްފައެވެ. އިންޑިއާގެ ޓީ.ވީ ކަސޯޓީތައް ދުވާލު ދެދަޅައަށް ބަލަން މަރުދީފައެވެ.

ދިވެހި ރާއްޖެ ދިވެހިންޑިއަންސްގެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރުމަށް ޓަކައި އިންޑިއާގެ ޖާސޫސީ އިދާރާ، ރޯގެ ޚާއްސަ ޓީމެއް މިހާރު ވަނީ އިންޑިއާ އެމްބަސީގެ މުއައްޒަފުންގެ ނަމުގައި ރާއްޖެ އެތެރެކޮށް ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ރުކުރުވާލާފައެވެ. ދިވެހި ރައްޔިތުން ހޭލާން މިހާރުވެސް ލަސްވެއްޖެ އެވެ. ދިވެހިންނޭވެ. ނުނިދާށެވެ. އަޅާނުލައި ތިބެއްޖެ ނަމަ ދިވެހިރާއްޖެ، ގެއްލުމުގެ ހިތާމަކުރަން ބާކީ އޮތީ އެންމެ ހަ އަހަރެވެ. ދެހާސް އޮނަތިރީސް ވަނަ އަހަރަށް އިންޑިއާ އާއި އެމް.ޑީ.ޕީން ތާވަލް ކޮށްފައިވާ ސިއްރު ޕްލޭން ހަޤީގަތަކަށް ވުމާއި ނުވުން އޮތީ ދިވެހި ރައްޔިތުން 30 ސެޕްޓެމްބަރުގައި ނިންމާ ނިންމުމާ ގުޅިފައެވެ. އުމަރު ނަސީރާއި ފާރިސް އާއި ޤާސިމް  ފަދަ ބޭފުޅުން ވެސް މިކަމުގައި ދިވެހި ރައްޔިތުންނާ ގުޅިވަޑައިގަތުން ވަރަށް މުހިއްމެވެ. ޤައުމު ދެކެ ލޯބިވާ ނަމަ އެވެ. ވާނެ އެއްޗެއްވެ ނިމުމުން ދެން މޮޅެތި ވާހަކަ ދައްކަވަން ދިވެހީން ކައިރިއަށް ވަޑަގަންނަވާނެ ކަމެއް ނެތެވެ. އޭގެ ކުރިން، ބާކީ މިއޮތް ހައެއްކަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފަޅިއަށް އަރާވަޑައިގެން، ޤާސިމް، ފާރިސް އަދި އުމަރުވެސް ކޮންޓްރޯލް ރޫމަށް ވަޑައިގަންނަވާށެވެ. ކުރަން އޮތް މަސައްކަތް އިންތިހާ އަށް ބޮޑެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
156222

14 Responses

  1. އުމަރުގެ ގޮތެއް ނޭނގެ ގާސިމް މުއިއްޒުއަށް ސަޕޯރޓް ކުރި ނަމަ ސަރުކާރުން ގާސިމަށް ވަރަށް ޖެއްސުން ކުރީސް ، މިހާރުވެސް ސަރުކާރަށް ދައްކަންޖެހޭ ވަރަށް ގިނަ އަދަދެއްގެ ޓެކްސް ނުދައްކާ ކަމަށް ވަނީ ، އެޓެކްސްތައް އެއްފަހަރާ ދައްކަން އެންގުމަކީވެސް ގާސިމަށް ދެވޭ ވަރަށް ބޮޑު ތަކްލީފެއް .ގާސިމް އާ އިބޫގެ މަޝްވަރާގަ އެއްބަސްވެފައި ވަނީވެސް އިބޫއަށް ސަޕޯޓް ނުކުރާނަމަ މުއިއްޒު އަށްވެސް ނުކުރަން ކަމަށް ވުން ވެސް އެކަށީގެންވޭ.

  2. ފުރަތަމަބުރުގެ ވޯޓަށްފަހު، ސަރުކާރު ފަޅިއަށް ނޭރުމުގެ މާނަކީ އެކެންޑިޑޭޓުން ހުދުކާފޫރަށް ވީއެއްނޫން. އެއީ ޤައުމަށް ކޮންމެ ފަދަ މުޞީބާތެއް ކުރިމަތިވިޔަސް ހެޔޮވުން. ޑރ. މުޢިއްޒު ކޮޅަށް ނޭރުމުން އެނގިގެން ދިޔައީ ސަރުކާރުން ކުރާ ހުރިހާ ކަމެއް އެމީހުންނަށް ރަނގަޅީއޭ. ޣައްދާރުވަނި ނޫން ކީކޭބާ ކިޔާނީ

  3. ބުޝްރީ. ނަންގަންނަންތޯ ވާހަކައެއް!! ހަސަދަ މީހާގެ ހިތު ތެރޭގައި ހަރުލައިފިއްޔާ ވާނެ ގޮތްވެފައެތިބީ!! އެމީހުންނަށް ނުލިބުނީމަ އެހެން މީހަކު ކާންވެސް ނޭދެނީ!! ގައުމޭ ، ގައުމޭ ކިޔަސް ތިޔައިން އެއްވެސް މީހެއްގެ ނެތް އެ ގައުމީ ރޫޙެއް. الله ތަގްދީރު ނޭގުނަސް ވެދާނެ ގޮތް އަހަރެމެންނަށްވެސް އެބަ އެނގޭ އިންޑިޔާ ސިފައިން މިތާ ތިބިއްޔާ!!އަކުރު ނުދަންނަ ރައީސެއްގެ ފައިދާ ވަރަށް ފުރިހަމައަށް ނަގަމުން އިންޑިޔާ އެދަނީ! އަހަރެމެން

  4. އެގްރީމަންޓް ދައްކަން ބާރުއަޅާ ލިޔުމާއި އެމް.އެމް.ޕީ.އާރް.ސީ ހިޔާނާތުގެ މައްސަލަ؟ ބުއްޓި މިކަމަށްވެސް ލިޔެލަބަލަ.

  5. އިބޫ ކުރާ ކޮންމެ ކަމެއް އަންނި ގެ ބޮލަށް ކަނޑަން ޖެހޭތަ؟ ތި މީހުން ހީ ކުރީ ޤައުމާމެދު ވިސްނަނީ ތިމީހުން އެކަނި ކަމަށްތަ؟ މީ ތިމީހުންގެ އެކަނި ޤައުމެއްތަ؟ އަންނި ވޯޓްލަނީ އިބޫ އަށްތަ؟
    ހާދަ އެނގިގެންނޭ މި ލިޔެފަ މި އޮތީ! މީހަކު ދެކެ ޙަސަދަ ވިޔަސް ބޮޑުވަރުތީ.

  6. ޔަތީމް ކުއްޖާއާ ހަވާލުވާން ތިބި އާއިލާ މީހުންވެސް ވަކި ރަނގަޅެއް ނޫންކަން ހަމަ އެކުއްޖާއާ ޖިންސީ ޖިސްމާނީ އަނިޔާ ދޭބައްކަން ރަށުމީހުންނަށް އެނގޭނަމަ އެމީހުން އެއްވެސް ބަޔަކަށް ވޯޓުލާނެތޯ؟ އަނގައިން ބޭރުކުރާ ބަހަކުން ހެޔޮއެދޭކަމަށް ދެއްކުމަކުން އެކަން ޤަބޫލުކުރާނީ ނުވިސްނޭ ބައެއް!
    ޙަޤީޤަތަކީ ދިވެހިން ބޭނުމެއް ނުވޭ މި ގައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރާކަށްވެސް ޑްރަގު އެތެރެކުރުން ހުއްޓުވާ އެވަބާގައި ޒުވާނުން ޖެހުން ހުއްޓުވާކަށްވެސް އަދި ގޭންގް ތައް އުފެދި އެގޭންގްތައް ހަރަކަތްތެރިވުން ހުއްޓުވާލަށްވެސް! ދެން މުއިއްޒު އަޔަސް އިބޫ އަޔަސް ގައުމު ހިނގާނީ ހަމަ އެއް މަގަކުން🤷🏽‍♂️

  7. ބުޝްރީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ބުރަ މަސައްކަތް މިދަނޑިވަޅު އަޅުގަނޑުމެން ކުރަން އެބަޖެހޭ މިކަން ވިޔަ ނުދޭން. އިރާދަ ކުރެއްވިއްޔާ ދިވެހިން ނިންމާނީ އަޅުވެތިކަމާ ދެކޮޅަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *