Support Us

ވިނަރެސް ފްލެޓްތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް އާބަންކޯގެ އުފާވެރި ހަބަރެއް

ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތައް ޑައުންޕޭމެންޓް އަދަދުގެ 15% ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް އާބަންކޯ އިން ނިންމައިފިއެވެ.

އާބަންކޯ އިން ބުނި ގޮތުގައި މި ބަދަލުގެ ތެރޭގައި ތިން މަސް ދުވަސްތެރޭގައި ޑައުންޕޭމެންޓް އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރާނެއެވެ. އެއާއެކު ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލްތަކަށް އަމަލު ކުރެވިގެންދާނެ ކަމަށް ވެސް އާބަންކޯ އިން ބުނެއެވެ.

"ވިނަރެސް އެޕާޓްމެންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަރބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވެ، ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ. ހަމަ މިއާއެކު 10 ޓަވަރުގެ މި ވިނަރެސް މަޝަރޫޢަކީ އަރބަންކޯއިން ފުރަތަމަ ފަހަރަށް މެދުފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މަޝްރޫއެވެ." އާބަންކޯގެ ބަޔާނުގައިވެއެވެ.