Support Us

ހުޅުމާލޭ ބިމާއި ދިޔަނެރު ފަޅާއި ތިލަފުށި ބިން ހިއްކުމަށް ސީ.އެމް.ސީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ފޭސް ތިނަކާއި ދިޔަނެރާއި ތިލަފުށި އޭރިއާ ޑީން ބިން ހިއްކަން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީ.އެމް.ސީ) އާ ހަވާލުކޮށް، މަސައްކަތް ފަށައިފިއެވެ.

އާބަންކޯ އިން ބުނީ މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. "

އަރބަންކޯގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުމެވެ." އާބަންކޯ އިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ހިއްކާނެ ބިން

  • ހުޅުމާލެ ފޭސް ތިނަކުން 62.6 ހެކްޓަރ
  • ދިޔަނެރުން 24.6 ހެކްޓަރ
  • ތިލަފުށި އޭރިއާ ޑީން 9.6 ހެކްޓަރ