Support Us

ﷲއީ

ރާގު: ޕޭޣާމު ސަބާ ލާއިހެ…

ﷲ އެއީ ބާޢިޘު ލައްވައިވި ރަޙީމޭ، ﷲ އެއީ ވާޙިދު ވި ޢަފޫގެ ރަޙީމޭ

ދުނިޔޭން ނަޖާވެ އާޚިރުގައި އެދި ސަލާމަތަށް (2)
އުނިވުން ނުވާނެ ދީނެ އެ ދެއްވީ ވި ކުރި މަގަށް
ﷲ އެއީ ވާޙިދު ވި ޢަފޫގެ ރަޙީމޭ
ﷲ އެއީ ބާޢިޘު …………….  ﷲ އެއީ ވާޙިދު ވި…………..

ޢިލްމާ ޙުކޫމު ލެއްވި ޚުދާއީ ވި ޡާހިރޭ (2)
ޢިލްމުން ސައިންސު ކާޢިނުގައި ލެއްވި ޢާލިމޭ
ﷲ އެއީ ވާޙިދު ވި ޢަފޫގެ ރަޙީމޭ
ﷲ އެއީ ބާޢިޘު ……………. ﷲ އެއީ ވާޙިދު ވި…………..

ވިސްނުން ނެރޭށަ ސިކުނޑި ތި ދެއްވީތި ޚާލިޤަށް (2)
ޖިސްމާ ލެޔާ ދެމާ ހެ ފަޚުރުގައި ވި ޖަންނަތަށް
ﷲ އެއީ ވާޙިދު ވި ޢަފޫގެ ރަޙީމޭ
ﷲ އެއީ ބާޢިޘު ……………. ﷲ އެއީ ވާޙިދު ވި…………..

ރައްބީ ޣަފޫރު ލެއްވެވި ޤައްހާރުވީ ވަދޫދޭ  (2)
ލައްވައި ޘަވާބު ނިޢުމަތުގައި ދެއްވި ރާފިޢޭ
ﷲ އެއީ ވާޙިދު ވި ޢަފޫގެ ރަޙީމޭ
ﷲ އެއީ ބާޢިޘު ……………. ﷲ އެއީ ވާޙިދު ވި…………..

ބާސިޠު އިލާހެ ސުވަރުގެ މާތްވީއެ ހެއްދެވީ (2)
ވާސިޢު ވެގެންވި މާލިކު ﷲ (ހެ) އަސްލަކީ
ﷲ އެއީ ވާޙިދު ވި ޢަފޫގެ ރަޙީމޭ
ﷲ އެއީ ބާޢިޘު ……………. ﷲ އެއީ ވާޙިދު ވި…………..

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *