Support Us

ފީވަކުގެ ފެނުގެ ނިޒާމް އެމް.ޑަބްލިޔު.އެސް.ސީން ޤާއިމްކޮށްފި

ށ. ފީވަކުގެ ފެނުގެ ނިޒާމް އެމް.ޑަބްލިޔު.އެސް.ސީން ޤާއިމްކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އާއި ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، ފީވަކުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ތާނގީ ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.

ޖުމްލަ 49.60 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ސަބަބުން ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް ވެސް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.