Support Us

ޒަމާނީ ބުދުކޯލުތައް

އަޅުކަންކުރާ ބުދަށް ވެސް އަތުވެއްޖެޔޭ ބަދަލް
އަޅުދާސްވެދާ އަޅުން ވެސް އަދުވެއްޖެޔޭ ޑަބަލް

އިހުގައި ބުދެއް ތަ؟ އޭގައި ނުހުރޭ ފުރާނައެއް
އަޚުނޭ މިހާރު ބުދުތައް ދުވަނީ ވެގެން އަމަލް

ދޫފަރިތަ ލޯ އެހާ ބޮޑު ކަންފަތް ނިކަން ފުޅާ
ހޭރޭ އަޑަށް ހިމާރާ ގަންނާނެ ލަދު، ބަޣަލް

މި ވަގުތު ފުރާނައެއް ނެތް ހިލަހިލަގަނޑީ ޔަޤީން
ދުވަހަކު ޟަމީރު ބޭނުންނުކުރާ ޅޮހުން ޖަހަލް

އެއުރެންގެ އަނބިދަރީންނާ ގެދޮރާ އުފަންވަޒަން
އެއުރެން އަތުންނެގޭ އެބަ، ބާކީ އޮތީ ޓަވަލް

އެހަނޑައިގެ ހިތުތެރޭގައި ކުކުޅާ ފިޔޮއްތަކަށް
ރަޙުމެއް ދިރޭ އޮވޭހޭ އިޙްސާނުގައި އަގަލް

އެކަމަކު މިހާލުގައި ވެސް ތަސްބީޙަތައް ކިޔައި،
ކެކިކެކި ސަނާތަކުން މާތް ތިބެ އޮހޮރަނީ ޣަޒަލް

އެކިފައްޅި އޭގެ ރާގާ ކުލަޔާ ބުދާ ތަފާތު،
މެކިމެކި ކިތައް މޮޔައިންތޯ ދެކެނީ އެތާ އަޖަލް

މިނިވަންވެ ތެދުވެލާށޭ އިންސާނަކަށްވުމަށް
ބުނެލާ އިރަށް ވަށައިލަޔެ، ކުދި އޮށްގަލުން ޖަދަލް

ބުއްދީގެ ބައްތި ދިއްލާން، ހުޅުކޮޅު އެ ރޯކުރާން
އަތް ދިއްކުރާން ސިހޭ ނަމަ ޙައްޤީ އަބަދު މެ ޖަލް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *