ދިވެހި މޮޅު ކުރެހުންތެރިއެއްގެ ގިނަ ކުރެހުންތަކެއް އެއް ތަނަކުން ބަލައިލަން ބޭނުންހެއްޔެވެ؟ އެހެން ކަމަށް ވާނަމަ، ނެޝަނަލް އާޓް ގެލަރީގައި މިހާރު ކުރިއަށްދާ މަނާގޭ އަބްދުﷲ ފާއިޒުގެ ކުރެހުމުގެ މައުރަޒަށް އަވަހަށް ދާންވީއެވެ.
"ޖާރނީ"ގެ ނަމުގައި، މި މަހުގެ 18 އިން 28 އަށް ކުރިއަށްދާ މި މައުރަޒަކީ ފާއިޒުގެ ކުރެހުމުގެ ހުނަރަށް ހާއްސަކޮށްފައިވާ މައުރަޒެކެވެ. ފާއިޒަކީ ދިވެހި ތާރީހާއި ސަގާފަތް ހިމެނޭ ގޮތަށް ކުރެހުންތައް އުފެއްދުމަށް ވަރަށް ކުޅަދާނަ ހުނަރުވެރިއެކެވެ. މި މައުރަޒުގައި އޭނާ ބަހައްޓައިފައިވާ 80 އާއި 100 އާ ދެމެދުގެ އަދަދެއްގެ ކުރެހުމުން އެކަން ވަރަށް ރަނގަޅަށް ސިފަވެގެންދެއެވެ. ފާއިޒުގެ އެ ކުރެހުންތަކަކީ ކަޅާއި ހުދުގެ ފޮޓޯތަކުން ފެންނަން ހުރި މަންޒަރުތައް އޭނާގެ ސްޓައިލަށް ކުލަކޮށް ކުރަހައިފައިވާ ކުރެހުންތަކެކެވެ. މި ކުރެހުންތަކުގައި ފާއިޒު މައިގަނޑު ގޮތެއްގައި ބޭނުން ކޮށްފައިވަނީ ތެޔޮކުލަ އެވެ.
މިއީ ރާއްޖޭގައި އެއް ކުރެހުންތެރިއެއްގެ ގިނަ އަދަދެއްގެ ކުރެހުންތައް އެއް ތަނަކުން ދައްކުވައިދޭ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ކުރެހުމުގެ މައުރަޒަށް ވަނީ ވެފައެވެ.

"ޖާރނީ"ގެ ހުރިހާ ކުރެހުމެއްވެސް ތައްޔާރުކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ އާރޓް ގެލެރީތަކާއި މައުރަޒު ތަކުގައި ކުރެހުންތައް ބަހައްޓާފައި ހުންނަ ފެންވަރަށެވެ.
ފާއިޒުގެ ކުރެހުމުގެ ސްޓައިލަކީ ދުނިޔޭގެ މަޝްހޫރު ބައެއް އާޓިސްޓުންގެ ތެރޭގައިވެސް ވަރަށް މަޤްބޫލު ސްޓައިލެއް ކަމަށްވާ "އިމްޕްރެޝަނިޒަމް" އެވެ.



advertisment