Support Us

ހިޖުރީ އާ އަހަރާއެކު ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު، ކޮންމެ އަހަރަކުވެސް ހިޖުރީ އާ އަހަރާ ދިމާކޮށް ބަދަލުކުރުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މިހެންވެ ގެފުޅުގެ އުރަކޮޅު މުޙައްރަމް މަހުގެ ފުރަތަމަ ދުވަސް ފެށުމާއެކު ރޭ ވަނީ ބަދަލުކޮށްފައެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިން ހުރި އުރަކޮޅުގެ ބަދަލުގައި އަތުން ވިޔެފައިވާ ކިސްވާ (އަރަބި ބަހުން ގެފުޅުގެ އުރަކޮޅަށް ކިޔާ ނަން) ބަދަލު ކުރުމުގެ ދިހަ ފިޔަވަހީގެ ތަފްސީލީ އޮޕަރޭޝަންގައި 130 ޓެކްނީޝަނުންނާއި އުފެއްދުންތެރިން ބައިވެރިވިއެވެ.

ގެފުޅުގެ އުރަކޮޅަކީ 670 ކިލޯގެ ރޯ ސިލްކާއި 120 ކިލޯގެ ރަން ނަރާއި 100 ކިލޯގެ ރިހި ނަރު ބޭނުންކޮށްގެން ވިޔެފައިވާ އުރަކޮޅެކެވެ. ގެފުޅުގެ ކަޅު އުރަކޮޅު ތައްޔާރުކޮށްފައި ވަނީ ސައުދީއަރަބިޔާގައި ހުންނަ، ދުނިޔޭގެ އެންމެ ބޮޑު ފަހާ މެޝިނުންނެވެ. އުރަކޮޅު ފަރުމާކޮށްފައި ވަނީ ރަން ނަރު ބޭނުންކޮށްގެން ޤުރުއާނުގެ އާޔަތްތަކެއް އަތުން ވިޔެގެންނެވެ.

އުރަކޮޅު ތައްޔާރުކޮށްފައި ވަނީ 56 ބަޔަށް ވަކިންނެވެ. މިއިން ކޮންމެ ބަޔެއް ނިންމުމަށްޓަކައި ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. އުރަކޮޅު ތައްޔާރުކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ އެކަމަށްޓަކައި އައްޔަންކޮށްފައިވާ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.

ކިސްވާގެ މުހިންމުކަން

  • ކަޢުބާ ރަމްޒުކޮށްދެނީ ޠާހިރުކަމާއި އާކަމެވެ.
  • މުސްލިމުންގެ އިޙްތިރާމާއި ވަޢުދު ރަމްޒުކޮށްދެއެވެ.
  • އެތައް މިލިއަން މުސްލިމުންނެއްގެ އާންމު އިސްލާމީ ސަގާފަތާއި ތަރިކައާ ގުޅުވައިދެއެވެ.
  • ދުނިޔޭގެ މުސްލިމް މުޖުތަމަޢުގެ ރޫޙާނީ އަދި އެއްބައިވަންތަކަމުގެ ގުޅުން ތަމްސީލުކުރެއެވެ.
  • ކިސްވާގެ ސަބަބުން ގެފުޅުގެ ހައިބަތު އުފުލިގެންދެއެވެ.

ކޮންމެ އަހަރަކު އުރަކޮޅު ބަދަލުކުރަނީ ކީއްވެގެން؟

  • ކީރިތި ރަސޫލާ ﷺގެ ހަޔާޕްޕުޅުންސުރެ ކުރަމުން އަންނަ ކަމެއްގެ ސަގާފަތު ދެމެހެއްޓުމަށެވެ.
  • ގެފުޅަށް ކުރާ އިހުތިރާމާއި ނިމުމެއް ނެތް ލޯތްބަށް ބަދަލެއް ނައިސް ޖީލަކަށްފަހު ޖީލަކަށް ވާރުތަކުރުމަށެވެ.
  • މާތް ﷲގެ ގެފުޅުގެ ސާފުތާހިރުކަން އަބަދުމެ އަބަދަށް އެ ގޮތުގައި ދެމެހެއްޓުމަށްޓަކައެވެ.
  • އިސްލާމީ ތާރީޚާއި ސަގާފަތު ދިރުވައި އާލާކުރުމަށް މަގުފަހިކުރުމަށެވެ.
  • އިސްލާމްދީނުގެ ނިމުމެއް ނެތް ސަގާފަތުގެ ދާއިމީ ޠަބީޢަތް ރަމްޒުކޮށްދިނުމަށެވެ.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *