Support Us

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު (ވ) އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒާ ބައްދަލުކުރައްވަނީ

ދެމެހެއްޓެނިވި ތަރައްޤީއަށް ފެނަކަ ކުރާ މަސައްކަތްތަކަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ ތައުރީފު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފްކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހުގައި ދާދި ފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ އދގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައި، ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީސް) ހާސިލްކުރުމަށް ކުރަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސެކްރެޓަރީ ޖެނެރަލާ ހިއްސާކުރައްވައިފައެވެ. އަދި ނެޓްޒީރޯއަށް ވާސިލްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ނެޓްޒީރޯއަށް ވާސިލްވުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް ސަޢީދު ހިއްސާކުރައްވާފައެވެ.

"ސެކްރެޓަރީ ޖެނެރަލް ވަނީ ފެނަކަ އާއި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފްކުރައްވައި، އެސްޑީޖީތައް ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ." ފެނަކައިން ނެރުނު ބަޔާނެއްގައިވެއެވެ. "މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ވަނީ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާވެސް ވޮޝިންޓަންގައި ބައްދަލުކުރައްވާފައެވެ."