Support Us

އަލްމުދިޝްގެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިހުސާން އަދި އޭނާގެ ނަސީބު ކޫޕަން

އަލްމުދިޝްގެ ދެ ޕެކެޓު ކިރުން ނަސީބުވެރިއަކަށްވެ އިހުސާނަށް ތުރުކީ ދަތުރު

އަގުހުރި އިނާމުތަކަކާއެކު އަލްމުދިޝްގެ ޕްރޮމޯޝަން ސިބްކޯއިން މިއަހަރު ޖަނަވަރީގައި ފަށައި، ހަތަރު މަސް ވަންދެން މުޅި ރާއްޖޭގައި އެ ވިޔަފާރި ކުރިއަށް ދަނިކޮށް، ތ. ވޭމަންޑޫ، އިހުސާން އަހުމަދު، އޭގެ ދެ ޕެކެޓު ކިރު ގަތެވެ. އެއް ޕެކެޓް ގަތީ އޭނާގެ ރަށުންނެވެ. އަނެއް ޕެކެޓް، މާލެއިންނެވެ.

އަލްމުދިޝް ކިރު ޕެކެޓެއް އިހުސާން ގަތީކީ، ކޮންމެހެން ތުރުކީ ދަތުރާއި އައިފޯނާއި ޕީ.އެސް ފައިވް އާއި އެހެނިހެން އަގުހުރި އިނާމުތައް ހޯދުމުގެ ނިޔަތުގައެއް ނޫނެވެ؛ އޭނާގެ ތުއްތު ދަރިފުޅާއި އަންހެނުންނަށް ދިނުމަށްޓަކައެވެ. ތުރުކީ ދަތުރާއި އައިފޯނަށްވުރެ އިހުސާން އެންމެ ބޭނުންވެފައި ހުރީ ޕީ.އެސް ފައިވްއެކެވެ. އެ ވާހަކަ އަންހެނުން ގާތު ވެސް އޭނާ އަބަދު ދައްކައެވެ.

"ދެން އަންހެނުން ބުނެފި ޕީ.އެސް ފައިވްއެއް ލިބިދާނެ ގޮތެއް އެބައޮތޭ. އެއީ މިއަދު ގަތް އަލްމުދިޝް ކިރު ޕެކެޓުގައި މިއޮތް ސްޓިކާކޮޅު ކަހާލާފަ އޭގެ ނަންބަރު ފޮނުވާލާށޭ. އޭރުން ގުރުއަތުން ދިމާވެދާނޭ ހަމަ،" ވޭމަންޑޫ ހޮސްޕިޓަލްގައި މެކޭނިކެއްގެ ވަޒީފާ އަދާކުރާ އިހުސާން، 29، ކިޔައިދިނެވެ. ދެން އަންހެނުން ބުނި ގޮތަށް ސްޓިކާ ކަހާލައިފައި އޭގެ ކޯޑާއެކު ނަމާއި އައި.ޑީ ކާޑު ނަންބަރު ފޮނުވިއެވެ.

އިހުސާން ބުނި ގޮތުގައި މާލެއިން ގަތް ކިރު ޕެކެޓްގައި އޮތް ސްޓިކާގެ ކޯޑު ފޮނުވުމުން ކޮންމެވެސް ސަބަބަކާ ހުރޭ އޭތި ވަނީ ރިޖެކްޓްވެފައެވެ. އޭނާ ލަފާކުރަނީ މުއްދަތު ހަމަވި ފަހުން ފޮނުވުމުން ކަމަށެވެ. އެހެންވެ އޭނާގެ އަތުގައި މިހާރު އޮތީ ވެސް ރަށުން ގަތް ކިރުޕެކެޓްގެ ސްޓިކާކޮޅު އެކަންޏެވެ.

ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ ބުނަނީ އެހެންވެގެންނެވެ. އަލްމުދިޝްގެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށްޓަކައި ސިބްކޯއިން މިދިޔަ މަހު 24 ވަނަ ދުވަހުގެ ރޭ ޗެނަލް13ގައި ބޭއްވި ލައިވް ޕްރޮގްރާމެއްގައި، އެންމެ ފުރަތަމަ ވެސް ހޮވުނީ އިހުސާނުގެ ނަމެވެ. އެއީ ދެ މީހަކަށް ތުރުކީ ދަތުރާއި 500 ޑޮލަރުގެ އިނާމެކެވެ. އޭނާ އެންމެ ބޭނުންވި ޕީ.އެސް ފައިވް އަކީ ތިން ވަނަ އިނާމެވެ.

"އެރޭ އަހަރެން ޓީވީއެއް ނުބަލަން. އެކަމަކު ބައްޕަ ބުނި އަހަރެންގެ ނަން ކިޔޭ ޓީވީން. އެކަމަކު އައި.ޑީ ނަންބަރާ އެއްޗެހި ބައްޕައަކަށް ނޭނގޭނެތާ. އެހެންވެ ޔަގީންނުވެފައި އޮތީ. އެކަމުގެ މަތިން ހަނދާނެއް ވެސް ނެތް. އެކަމަކު ފަހުން މި އެނގުނީ އެއްވަނަ އިނާމު އަހަންނަށް ލިބި ދެ މީހަކަށް ތުރުކީ ޓިކެޓާއި 500 ޑޮލަރު ލިބުނު ވާހަކަ،" ރަށުގައި ހުރެ ވާހަކަ ދައްކަމުން އިހުސާން މިއަދު ބުންޏެވެ. "ވަރަށް އެކްސައިޓުކޮށް ދިޔަ ކަމެއް މިއީ."

ތުރުތުކީ ދެ ޓިކެޓުގައި އޭނާ އިސްތަމްބޯލަށް ދާނެ ކަމެއް ނުވަތަ ނޫން ކަމެއް އިހުސާން އަދި ނުނިންމައެވެ. ސަބަބަކީ ޕާސްޕޯޓެއް ހައްދައިގެން އަލަށް ރާއްޖެއިން ބޭރަށް ދާންޖެހުން އެއީ އޭނާއަށް އެހާ ފަސޭހަ ކަމަކަށް ވެސް ނުވާތީއެވެ. އެކަމަކު އޭނާގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ވުމަށް ރައްޓެހިންގެ އެތައް ބަޔަކު މިހާރު ވެސް ތިބީ ތައްޔާރަށެވެ.

"މީހުންތައް ވަރަށް ގުޅާ އެބަ (ދަތުރުގައި ބައިވެރިވާން). އެކަމަކު އެކަމާ އަދި ގޮތެއް ނިންމާނީ ފަހުން،" އުމުރުން ދެ މަސް އަދި ދެ އަހަރުގެ ދެ ކުދިންގެ ބައްޕަ ބުނެލިއެވެ.

ހުށަހެޅިފައިވާ އިނާމުތައް

  • 1 ވަނަ އިނާމު: 2 މީހަކަށް ތުރުކީވިލާތު ދަތުރެއް އަދި 500 ޑޮލަރު
  • 2 ވަނަ އިނާމު: އައިފޯން 14
  • 3 ވަނަ އިނާމު: ޕްލޭ ސްޓޭޝަން 5
  • ނަސީބުވެރި އިތުރު 10 މީހަކަށް 1،000ރ

 

މި އިނާމުތައް ލިބުނު މީހުންނާ ސިބްކޯ އިން ދަނީ ގުޅަމުންނެވެ. އިނާމު ބަލާ ދާއިރު އަތުގައި ކޫޕަންކޮޅު އޮތުން ވެރިފިކޭޝަނަށް ވަރަށް މުހިންމު ކަމުގައި ސިބްކޯ އިން ބުނެއެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރިން


ސިބްކޯ އަކީ އޮމާނުގެ އުފެއްދުމެއް ކަމަށްވާ އަލްމުދިޝްގެ ރާއްޖޭގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލްކަމެއް ހޯދައިފައިވާ އަލްމުދިޝް ކިރު ސިބްކޯއިން އެތެރެކުރާތާ މިހާރު ހަތް އަހަރުވެއްޖެއެވެ.