Support Us

ސިބްކޯގެ އަލްމުދިޝް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އަލްމުދިޝް ކިރު ޕެކެޓެއް ގަނެގެން ތުރުކީ ދަތުރާއި އެހެނިހެން އަގުހުރި އިނާމުތައް ހޯދުމަށް ސިބްކޯއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ބައިވެރިވި ނަސީބުވެރިން ހޮވައިފިއެވެ.

ސިބްކޯގެ މާކެޓިން މެނޭޖަރ އަހުމަދު ހާނީ ނައީމު މިއަދު ވިދާޅުވީ އެ ކުންފުނިން މި އަހަރު ޖަނަވަރީން އެޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދިޔަ އަލްމުދިޝް ޕްރޮމޯޝަންގެ ގުރުއަތުލުން މިދިޔަ މަހު 24 ގައި ޗެނަލް13ގެ ލައިވެއްގައި ބާއްވައި، ނަސީބުވެރިން ހޮވައިފައިވާ ކަމަށެވެ. އަދި އިނާމު ބަލާ ދާއިރު އަތުގައި ކޫޕަންކޮޅު އޮތުން ވެރިފިކޭޝަނަށް ވަރަށް މުހިންމު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހުށަހެޅިފައިވާ އިނާމުތައް

  • 1 ވަނަ އިނާމު: 2 މީހަކަށް ތުރުކީވިލާތު ދަތުރެއް އަދި 500 ޑޮލަރު
  • 2 ވަނަ އިނާމު: އައިފޯން 14
  • 3 ވަނަ އިނާމު: ޕްލޭ ސްޓޭޝަން 5
  • ނަސީބުވެރި އިތުރު 10 މީހަކަށް 1،000ރ

ސިބްކޯ އަކީ އޮމާނުގެ އުފެއްދުމެއް ކަމަށްވާ އަލްމުދިޝްގެ ރާއްޖޭގެ އޯތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލްކަމެއް ހޯދައިފައިވާ އަލްމުދިޝް ކިރު ސިބްކޯއިން އެތެރެކުރާތާ މިހާރު ހަތް އަހަރުވެއްޖެއެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރިން