ތިޔަ ބުނާ ރަސްކަމުގެ ގަލަހުން ބޯނުލައި ނުނިދޭނެހޭ؟
ތިޔަ ވަރަށް ބައްދައި ބަގުޑި ހެދެނީ އެހައި މޮޅުވީމަހޭ؟
ތިޔަ ބުނާ…
ބިޔަރު ވައިނާ ޖިންޓޮނިކު ޝެމްޕޭނަކަށް ވުރެ މާމޮޅޭ
ތިޔަ އެ ބުނި ފޮނިފޮނިވި ލައްޒަތު ދެވިހިފައިހައި މީރުހޭ؟
ތިޔަ ބުނާ…
ތިޔަރަ ފަތް، ދުންފަތް، ގުޑާކެއް ވަކިނުވާ އެތަކެއް އޮޑިން
ބިޔަ ގަޓަރި ބައިލައި އެ ބައިވަރު ފަހި ހިތަށް އަޅެ ވީމަހޭ؟
ތިޔަ ބުނާ…
ނިޔަމި ކަމު ހުންގާނު ހުރި އޮޑި އަތްދޮށުން ފިރުކާނެ ތީ
ޅިޔަނު ސޮރު އޮޅުލައި ތަޅައި ގަދަ ކަނޑުތެރަށް އެއްލީމުހޭ؟
ތިޔަ ބުނާ…
ހިޔަ ލުޓޭރުން ލޫޓުވަން ފަލުކާ އެކަށް ހިތަކަށް ދެމުން
’ފިޔަލަ ބޯ‘ މަތިވެރި ޕްލޭނަށް އޮޑި ނިކަން ދުއްވީމުހޭ؟
ތިޔަ ބުނާ…
ނިޔަރަކަސް ރަސްކަން ކުރަން ފުރުސަތު ލިބިއްޖެތަ ނާ އަލުން
މިޔަރު ހެން ދަތް ދިލުވަމުން ރަށްގަނޑު ވަށައި ދުއްވާނުހޭ؟
ތިޔަ ބުނާ…