އުނިކަމާއެކުގައި އުޅެން ނޭނގުން އެއީ ވެސް އުނި ކަމެއް
ބުނި ބަހެއް ނޫނަސްމެ ޣާލިބު މީ ހިނގެން އޮތް ބޮޑު މަގެއް
ކާކުކަން ނޭނގޭނެހެން ޖާސޫސް ކުރުމުގެ އުކުޅަކީ
މާކުރީއްސުރެ ސުލްހަޔާ ދެކޮޅަށް ހިނގާ ޒާތީ ކަމެއް
ބާރު ވަރު ހުރި ދައްކަމުން ފަންނުގެ މަގުން ކަން ދައްކަމުން
ހާރުވުން މީ ފަންނުތައް ފެށުމުގެ ކުރިން ވެސް އޮތް ނަމެއް
ހެޔޮކަމުގެ ތާޒާ ފެނާރުން ފެން އަބަދު އޮހުނަސް ސަފުން
ހެޔޮ ކަމެއް ދާއިމުވެ ހެޔޮކޮށް ދާން އެދޭނީ މަދުބައެއް
ކަންވެ ނަން ނުތްވަސް ކަމެއް ނުވެ ބަޔަކު ތިބެެގެން ނަން ވުމީ
ދަންނަވަންތޯ މާކުރީއްސުރެ ދުނިޔެ ދަންނަ ފިލާވަޅެއް
ނުނިޔަތާ ހަސަދައިގެ ވިހައިން ކަޅި ނުކޮށް ބަލަ ހެޔޮ ހަޔާތް
ކުނި ވެގެން އަބުރާއި އިއްޒަތް ގެއްލިދާނެ މިއީ ކަމެއް