(ލަވަޔެއް، އަމިއްލަ ރާގަކަށް)
ތަދު މަގޭ ހިތުން ނުފިލީމައި މޮޔަގޮވޭ ވަރުން
ނަދުރުވެސް ގޮވައި އުޅުނީމޭ އިހަށް ހަމަ ސަފުން
އަދު މިތާ މި ޝަކުވާ ކުރަނީ މަޑުމަޑުން ރޮމުން
ބަދުނަސީބުވެރިޔަކަށް ވީ ކީއްވެހޭ ސަފުން؟
ޢަދަދުނުކުރެވޭހައި ގިނައިން އަޅާ އަނބުގަހުން
މަދުނުވޭ އަރާ އެންމެން ބިނދެ އުނގުތައް ފުރަން
ބަދުދުޢާ ދުވީ މަ ފަހައިހޭ؟ ގަސްދޮށުން ހޮވަން
ވަނދު އަނބެއްގެ ވާކޭ ފަޅިވެސް ނުލިބުނޭ ސަފުން!
ހަނދުވަރުން އުފާ ލިއްބައިދޭ ފަނަރަޔަށް ނިކަން
މަދުމަދުން މަށަށް ފެނެޔޭ ތަން އެންމެނަށް ދުރުން
އެދުމަކަށް މަގޭ ހިމެނޭނަމަ އެވަރުވެސް، ބުނަން!
ތަދު މަގޭ ހިތަށް ދާއިމުވޭ ކަޅުފޮޔެއް ސަފުން