Support Us

މި ހިތް ލައްވާށިއޭ!

އުޅޭ ހިނދުގައި ނުބައި ހަސަދައިގެ ކަންޏެއް ރޯވެދާން ހިތުގައި
މި ހިތް ލައްވާށިއޭ އެ ވަގުތު ވިރޭ ގަނޑުފެންކޮޅެއްކަމުގައި

ހެދޭ ކަޅު ފުސްވިލާ ހުރި މޫނަކައިގެން ހުރެ އަޔަސް ހަތުރަކު
މި ހިތް ލައްވާށިއޭ އެ ވަގުތު ފޮޅޭ ފިނިފެންމަލެއްކަމުގައި

ވަށައިގެން އައިސް މުނާފިޤު ޣާފިލުން ބައްދައިލިޔަސް މިއަޅާ
މި ހިތް ލައްވާށިއޭ އެ ވަގުތު ވަރަށް އަލިއަލި ވޮށެއްކަމުގައި

ފަޤީރުންނާ ޟަޢީފުން ގިސްލަމުން ދާ އަޑު އިވޭ ހިނދުގައި
މި ހިތް ލައްވާށިއޭ އެ ވަގުތު ނިކަން ދީލަތި ކަނޑެއްކަމުގައި

ބަޚީލުން، ޚާއިނުން ކަތި ފިޔަވަޅެއް އެޅުމަށް ގޮވާ ހިނދުގައި
މި ހިތް ލައްވާށިއޭ އެ ވަގުތު ނިކަން ހަރު ހިލަގަނޑެއްކަމުގައި

އަމާނާތްތެރިކަމާ ޙިކުމަތުގެ މުޑުވައް ބެހެވިދާ ނަމައީ
މި ހިތް ލައްވާށިއޭ އެ ވަގުތު ދިރުން ހުރި މޮޅު ބިމެއްކަމުގައި

ބުރާ ހިނދު ކަނިފަށެއް ލޯބީގެ – ލޮބުވެތި ޢާޝިޤާ އަރިހުން
މި ހިތް ލައްވާށިއޭ އެ ވަގުތު ތިނަރު އެޅި ކަފަދަނޑެއްކަމުގައި

ރަނގަޅު ނުރަނގަޅުގެ ކުރިމައްޗަށް އަޅުގެ ހިތް ހުށަހެޅޭ ހިނދުގައި
މި ހިތް ލައްވާށިއޭ ޠާހިރު ޤަދަރު ހުރި ޖައުހަރެއްކަމުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *