ނުވޭ އަދި "މީހަކަށް" މީހަކު، ޔަކުންސިފަ ހުންނަ ޖިސްމާނީ
ވެވޭނީ "މީހަކަށް" ހުރެގެންނެ، ސިފަތައްް ވަންތަ އިންސާނީ
ވި ބޭޒާރެއްގެ ލަދުވެތިކަން ހިތަށް އިހުސާސު ނުވި މީހާ
ލިބޭ ބަދުނާމަކުން އާޚިރް ޔަޤީން މުޖުތަމަޢު ދަންނާނީ
ނިފާގުގެ އަތްމަތީ ބޮޑުކުރި ހިތެއް، ފެށުމުން ފަޟީހަތްވާން
ދިފާޢުކުރަން އެ ހިތް ދުވެގޮސް ފިލާ ކޮންތާކު އޮންނާނީ؟
ލެޔަށް ނުބަލާ ގުޅުންތައް ކެނޑި ސަބަބުތަކުގައި ހިފާނަމައީ
ގަޔަށް މެހި ތުނި ލިބާހުގެ ރޮދި ފިނދޭތަން ނޫންހެ ފެންނާނީ
އުޅެން އޮތް ދުނިޔެ ކުޑައެެއްނޫން، އުޅެންވީ ގޮތް ނުދަނެ ތިއްބަސް
އޮޅުންބޮޅުމާ، ޚިލާފުންނޭ، ނުބައި މިސްރާބު ދައްކާނީ
ނެތޭ އެއްގޮތް ދެމީހަކުވެސް، ތަފާތުތަކޭ ތަފާތުކުރީ
ފެތޭ ބުއްދީގެ ހަމަތަކަކުން ބަލައިގެން ދުނިޔެ ދަސްވާނީ