Support Us

އެޗްޑީސީގެ ނަން "އާބަންކޯ" އަށް ރީބްރޭންޑުކޮށްފި

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން "އާބަންކޯ" އަށް ރީބްރޭންޑުކޮށްފިއެވެ.

ހުޅުމާލެ ތަރައްގީކުރުމަށް އުފެއްދި ކުންފުންޏަށް 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައި ކުންފުނީ ރީބްރޭންޑްކޮށް އާ ލޯގޯ ވެސް ވަނީ ތައާރަފުކޮށްފައެވެ.

ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އިމާރާތުގެ ލޯގޯ އާއި ނަން ވެސް މިހާރު ވަނީ އާބަންކޯ އަށް ބަދަލުކޮށްފަ އެވެ. އަދި މުވައްޒަފުންގެ މަސައްކަރު ކިޓުވެސް ވަނީ ބަދަލުކޮށްފައެވެ.

"މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުން ފެށި މަސައްކަތައް މިއަދަށް މިވަނީ 22 އަހަރު ވެފައެވެ. ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓުގެ ނަމުގައި މަދު މުވައްޒަފުން ކޮޅަ އެކު ފެށުނު މި މަސައްކަތް ފުޅާވެ އޭރު ދެކެމުން އައި ހުވަފެންތައް ހަޤީގަތަކަށް ހެދުމަށް މިއަދުގެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނުވަތަ އެޗް.ޑީ.ސީން މަސައްކަތްތައް ބަށްޓަން ކުރެވި ރޭވުންތެރިކަމާ އެކު ކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު އެއް އެސް.އޯ.އީގެ ގޮތުގައެވެ." އާބަންކޯގެ ފުރަތަމަ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

"ދެހާސް ނަވާރަ ވަނަ އަހަރު ވެގެން ދިއައީ ކުންފުނި އައު މިސްރާބަކަށް ހުންގާނު އަނބުރާލުމަށް ކެނޑުނު ފުރަތަމަ ގިޔަރަށެވެ. ހުޅުމާލެ އަކީ ޒަމާނީ ވަސީލަތްތަކާ އެކު އާއްމުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ލިބޭ ތަނަކަށް ހެދުމަށް ކުރެވެމުން އައި މަސައްކަތްތަކަށް އިތުރު ބޮޅުތަކެއް އިތުރުވެގެން ދިއަ އަހަރަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ކުންފުނީގެ މެންޑޭޓުން އިޖްތިމާޢީ ބޯހިޔާވަހިކަން ނަގާ، ކުންފުނީގެ ހުރި ތަޖުރިބާ އާއި ހުނަރުވެރި މުވައްޒަފުންގެ ފުރިހަމަ ބޭނުން ރާއްޖޭގެ ތަރައްޤީއަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ކުންފުނީގެ މެންޑޭޓް ބަދަލު ކުރެވިގެން ދިއައެވެ. ތިލަފުށި އަދި ގުޅީފަޅުގެ ޒިންމާތަކާއި މި ދެ ރަށް ތަރައްޤީ ކުރުމުގެ މަސްޢޫލިއަތާއި ކުންފުނިން ހަވާލުވީ އާ އުއްމީދަކާއި އަޒުމެއްގައެވެ. ބާވީސް އަހަރުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިޤްތިސާދީ މައި ސަރަހައްދު، ގްރޭޓާރ މާލޭ ރީޖަން ޕަލޭންތަކާ އެއްގޮތަށް ރޭވުންތެރި، ޒަމާނީ ފެންވަރެއްގައި ތަރައްޤީ ކުރުމަށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *