Support Us

ނަކުވާގެ ޝަކުވާ

ނޯޓު: މިއީ 1991މ. ވަނަ އަހަރުގެ "ޖަމާޢަތުގެ ޚަބަރު"ގެ ޖުލައި މަހުގެ ޢަދަދުގައި ޝާއިޢު ކުރެވުނު ޅެމެކެވެ. އެއީ މީގެ 29 އަހަރު ކުރިއެވެ. ޅެން ލިޔެފައި އެވަނީ ކޮންމެވެސް މައްސަލަޔަކަށް އިޝާރާތްކޮށެވެ. އަޅުގަނޑުގެ މިހާރުގެ ސުވާލަކީ އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެ ތޯއޭ އެވެ؟ ޅެން ޝާއިޢު ކުރިއިރު ޅެމާއެކު ޝާއިޢު ކުރެވުނު ލިޔުން ކޮޅަކާއެކު ޅެން ތިރީގައި އެވަނީއެވެ:-

ސައިހޮޓާތަކާއި ވަޑާންގެތައް ފުރެމުންދަނީއެވެ. ރާނާ މީހުންވެސް ގެންނަނީއެވެ. އަންދުހުއްސުރެ ދިވެހިން ކުރަމުން އައި މަސައްކަތްތައް ކުރަން ބޭރު މީހުން ގެންނަނީއެވެ. މިކަމާ ދޭތެރޭ ދިވެހި މަސައްކަތްތެރިން ވިސްނަން ވެއްޖެއެވެ. ބައެއް މީހުން ބުނަނީ ދިވެހިން ކަމަށް ކަމޭ ނުހިތަނީ ކަމަށެވެ…

އަރައި އޮޑި ހިކިއްޖޭ މިއޮތް ބޮޑު ފަރަށް
ދެރައިގައި ކޮޅެއް ނެތް ކަމަކު، އަދު ނެތޭ
އެރޭކަށް މަށަށް ބަސް ނުވިކެވޭ ތަނަށް
ފިރައިލަން ޖެހިއްޖޭ އުޅުނު އިހު ގޮތަށް

ބުރައިގައި ކުރީމޭ ރިޔާ ދަތުރުތައް
މިރާއްޖޭ ތެރޭ ކޮންމެ ދަތި އަތޮޅަކަށް
ފަރާ ގިރި ގަލަށް އެއްފަހަރު ނާރުވައި
ދުރައިލައި ބެލީމޭ އަބަދުވެސް އަޅާ

ކުރާ ބާރު ވިއްސާރަޔާ އަތްވަކަށް
ތުރާލޭ ނުހީކޮށް މި އީމާނުގައި
ޙަރާމާ ޙަލާލަށް ބަލައިގެން ނިކަން
ބަރާ ދަތުރުތައް ކޮށް ހެދީމޭ އަޅާ

ސަރާސަރު މަގުން ދާނެ އިންޖީނުލައި،
ކަރާ ދަތުރު ކުރުމަށް ފަށައިގަތް ދުވަހު
ކަރައިން އައި ޅަ ކެޕްޓަން އެ ދެރަބަސް ބުނީ
އުރައްޕެއްހެ، ފާހެއް ނެތީމާ އަޅާ؟

އަރާކަށް ނެތީމޭ މަ ދިރުނބާ ކޮޅަށް
ބިރާ ގަދަ ކަނޑާ މިއަދު ކުރިމަތިވިޔަސް
ކަރާ މާސްޓަރާ، ފެންވަރެއްނެތް މަށާ
ކިރައި ބެލި ދުވަހު އަގު ނެތީމާ އަޅާ

ހަރާދެއް ކަމަށް މީ ނުވެސް ވިސްނަވައި
ބަރާބަރު ކުރައްވާ! އަޅާ މާސްޓަރާ.
ނެރާ އޮޑި ދިމާކޮށް އެފަދަ ދުވަހަކުން
ވަރައިގައި އުދުއްސާނަމޭ އޮޑި، އަޅާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *