Support Us

އުތުރު ކޮރެޔާއިން އައު ނިޔުކްލިއަރ ހަތިޔާރެއް ފެނުއަޑީގައި ތަޖްރިބާކޮށްފި

އުތުރު ކޮރެޔާއިން އިސްތިރާތީޖީ އައު ނިޔުކްލިއަރ ހަތިޔާރެއް ފެނުއަޑީގައި އިއްޔެ ތަޖްރިބާކޮށްފިއެވެ. މި ތަޖްރިބާ ކޮށްފައި ވަނީ އެ ތާނގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮންގ އުން ހުންނަވައިގެން ކަމަށް އުތުރު ކޮރެޔާއިން ބުންޏެވެ.

އުތުރު ކޮރެޔާ ބުނާގޮތުގައި ދުޝްމަނުންގެ މައި ބަނދަރުތަކުގައި މި ހަތިޔާރު ގޮއްވާލުމުން މި ބަނދަރުތަކުގައި ހުރި ޢަސްކަރީ އުޅަނދުތަކާއި ހަތިޔާރުތައް ހަލާކުވެ ސުނާމީ އުފެދިގެންދާނެއެވެ. އުތުރު ކޮރެޔާ ބުނާގޮތުގައި މި ހަތިޔާރު އަޑިންދާ ބޯޓެއްގައި ނުވަތަ ކަނޑުމަތީގެ އުޅަނދެއްގައި ބޭނުންވާ ހިސާބަކަށް ގެންގޮސް ދާދިވަރުކޮށް ކޮންޓްރޯލްކޮށް ޢަދުއްވުންނާ ދެކޮޅަށް ބޭނުންކުރެވިދާނެއެވެ.

އުތުރު ކޮރެޔާ ބުނާގޮތުގައި ތަޖްރިބާކުރުމަށް ޓަކައި މި ހަތިޔާރު ހެމިގޮންގް ސަރަހައްދުގެ އައްސޭރިފަށަށް މި ދިޔަ އަންގާރަ ދުވަހު ގެންދެވުނީ ދާދިވަރުކޮށް ކޮންޓްރޯލް ކުރާ ނިޔުކްލިޔަރ އޮޓޮމެޓިކު އަޑިންދާބޯޓެއްގައެވެ. މި ހަތިޔާރު ކަނޑުއަނޑީގައި 80 މީޓަރާއި 150 މީޓަރު ފުނުގައި 59 ގަޑިއިރުވަންދެން ތަޖްރިބާ ކުރެވުނު ކަމަށް އުތުރު ކޮރެޔާއިން ބުންޏެވެ.

އުތުރު ކޮރެޔާއިން އިތުރަށް ބުނިގޮތުގައި މި ތަޖްރިބާގެ ތެރޭގައި ނިޔުކްލިއަރ ދެ ކްރޫޒް މިސައިލެއް ވެސް ތަޖްރިބާ ކުރެވުނެވެ. މިއީ ނިޔުކްލިއަރ ބޯތައް އުފުލުމުގެ ބާރު ލިބިގެންވާ މިސައިލްތަކެކެވެ.

އުތުރު ކޮރެޔާ ބުނާގޮތުގައި މިއީ އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ބާއްވަމުންދާ ޢަސްކަރީ ތަމްރީނުތަކަށް ދެވުނު އިންޒާރެކެވެ. މި ދެ ޤައުމުން ބާއްވަމުންދާ (މިނިވަންކަމުގެ އައްޑަނަ 23) ނަމަކަށް ކިޔާ ޢަސްކަރީ ތަމްރީނުތަކަކީ 11 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ. މި ތަމްރީނުތައް ފަށައިފައި ވަނީ މީގެ އެއް ހަފުތާ ކުރީންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *