Support Us

ފަލަސްތީނު ބިންތަކުގައި ޔަހޫދީން ވަޒަންވެރިވި މައްސަލައިގައި އިސްރާއީލް ސަފީރު އެމެރިކާގެ ހާރިޖިއްޔާއަށް

ފަލަސްޠީނުގެ ބިންތަކުގައި ޤާނޫނާ ޚިލާފަށް އިސްރާއީލުން ހަދައިފައިވާ ޔަހޫދީ ހަތަރު އާބާދީއަކުން 2005ގައި ފޭބުމަށް ފަހު އެ ތަންތާނގައި ޔަހޫދީން ވަޒަންވެރިކުރުވުމަށާއި އެއީ އިސްރާއީލުގެ ބިންތަކެއް ކަމަށް ނިންމުމުން އެމެރިކާގައި ހުންނަވާ އިސްރާއީލު ސަފީރު އެމެރިކާގެ ޚާރިޖިއްޔާއަށް ގެންގޮސް އެކަމާމެދު އެމެރިކާ ކަންބޮޑުވާކަން ރޭ ހާމަކޮށްފިއެވެ. މިއީ އެމެރިކާއިން އިސްރާއީލާމެދު ދުވަހަކު ވެސް މުޢާމަލާތުކޮށްފައިވާ ގޮތެއްނޫނެވެ.

އިސްރާއީލު ރޭޑިއޯ ބުނިގޮތުގައި "މިއީ އާދަޔާ ޚިލާފު ފިޔަވަޅެކެވެ." އެމެރިކާގައި ހުންނަވާ އިސްރާއީލު ސަފީރު މައިކަލް ހަރްޓްޒޮގް ރޭ އެމެރިކާގެ ޚާރިޖިއްޔާއަށް ގެންދިޔައީ އިސްރާއީލުގެ ބަރްލަމާން ކަނީސަތުން މި ހަތަރު އާބާދީއަކީ ފަލަސްޠީނުގެ އައްސޭރީގެ ބިންތަކެއް ނޫން ކަމަށް ނިންމުމުންނެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ރޭ އިސްރާއީލުގެ ސަފީރާ ބައްދަލު ކުރައްވާ މިކަމާމެދު އެމެރިކާ ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ. މަސްރަޙު އިތުރަށް ހޫނުވެގެން ހިނގައިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެމެރކާގެ ޚާރިޖީ ވަޒީރު ނައިބު އިލްތިމާސް ކުރެއްވިއެވެ. އިސްރާއީލުގެ ބިރުދެއްކުންތައް

އަނެއްކޮޅުން އިސްރާއީލުގެ އާބާދީތަކާބެހޭ އިސްރާއީލުގެ ވަޒީރާ  އޮރިއެޓް ސްޓްރޯކް ވިދާޅުވާ ގޮތުގައި 2005 ގައި އިސްރާއީލުން ފޭބި ޣައްޒާގެ މި އާބާދީތަކަކީ އިސްރާއީލުގެ ބިމުގެ ބައެކެވެ. މި ވަޒީރާއަކީ ހަރުކަށި "ޞީހްނިއްޔަތުގެ ދީން" ޕާޓީގެ މެންބަރެކެވެ. އޭނާ އިސްރާއީލުގެ ޗެނެލް-7 ގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ގޮތުގައި މިއަދު އިސްރާއީލު އަނބުރާ މި ދަނީ ސާމިރާ (ހުޅަނގު އައްސޭރިއަށް އިސްރާއީލުން ކިޔާ ނަން) އަށެވެ. އެ ބިމުން އިސްރާއީލު ފޭބިފޭބުމަކީ ކުށެކެވެ. މިހާރު މި ދަނީ މި ކުށް ރަނގަޅުކުރަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ޣައްޒާވެސް އަނބުރާ ހިފާނަމެވެ. މި ކަމަށް ހޭދަވާނެ މުއްދަތެއް ނެނގެއެވެ. އެއީ "އަހުރެމެންގެ ބިމެކެވެ."  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *