އޭ ދުނިޔެއާ ބުނެދީ ބަލައި، މި ހިތުން މި ޖަހަނީ ވިންދުހޭ؟
ވޭނާ އެކީ ރޮއި ގިސްލުމުން ދެލޮލުން މި އޮހެނީ ކަރުނަހޭ؟
ހައިހޫނުކަން އިޙްސާސްވެޔޭ، ބުރަ އުފުލުމުން ވަރުބަލިވެޔޭ
ފައިގައި އަމިއްލަ ހިނގާން ނެގޭ ހަށިގަނޑު މިއީ ވެސް ކިސަޑުހޭ؟
ކިހިނެއްހެ މަ އައީ ދުނިޔެއަށް؟ ކިހިނެއްހެ މި އައީ ރާއްޖެއަށް
އެ ހިސާބު ދުރުގައި ނުނިދިފައި އެ އޮތީ މަގޭ މާތް މަންމަހޭ؟
ޅަދަރީން ސަލާން ޖަހަމުންދަނީ، ރޮށިފަޅިޔަކަށް އެދި މަގުމަތީ
އެ ދަރީންގެ މަންމަގެ ޙާލުތޯ؟…. މީ ކާވަނީން ދޭ މާނަހޭ؟
އެ ފަގީރު ކަމުގައި މަރުނުވާން، މުޅި ދިރިއުޅުން ވިއްކާފައޭ
މަ ފަކީރު މި އައީ…! އަހަރެމެން ގައިގައި ވަނީ މި ފުރާނަހޭ؟
ލަދުވެތި މި ހިތްދަތި އަސަރުތައް، ތަދުތައް މި ވޭނީ އާހުތައް
އަދު ކިހިނަކުން ހޭ ބުނެދެނީ ބަދުނާމަކީ އިންސާފުހޭ؟
ދިރިތިބެ މިއީ އަދު މައްޔިތުން، ނިކަމެތި ކަމާ ތިބި ޙާލަތުން
ކުރެވުނު ކުށާމެދު ދެރަވަމޭ، އެކަމަކު އެ ކަން ވީ ކީއްވެހޭ؟
One Response
މާޝާﷲ. ވ. ރީތި އެހާމެ ޢިބުރަތްްތެެރި މެސެޖެ އް.