Support Us

ފަރެސްމާތޮޑާގެ "ގެދަބުޅި" އިންޖީނުގެ ނިއްވާލައި، މަރުކަޒީ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފި

ގދ. ފަރެސްމާތޮޑާގައި ބޭނުންކުރަމުން އައި 22 އަހަރުވީ "ގެދަބުޅި" އިންޖީނުގެ ނިއްވާލައި، ފެނަކައިން އަލަށް ހެދި މަރުކަޒީ އިންޖީނުގެއިން ރަށާއި އެއާޕޯޓަށް ކަރަންޓު ދޭން ފަށައިފި އެވެ.

ފެނަކައިން ބުނީ، "ހަރުއަޑާއި ބޯދުމާއި ގެދަބުޅިން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ވޭނާއި ހިތްދަތިކަން ގެނުވަމުންދިޔަ، 22 އަހަރުވީ އިންޖީނުގެ" ނިއްވާލީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ކަމަށެވެ.

"ފަރެސްމާތޮޑާގެ ބާ އިންޖީނުގޭގައި ތިން ޖެންސެޓް ހުރި ނަމަވެސް ކެޕޭސިޓީއަކީ 1،250 ކިލޮވޮޓެވެ. ނަމަވެސް އަލަށް ހެދި އިންޖީނުގޭގެ ކެޕޭސިޓީ ވަނީ 1،800 ކިލޮވޮޓަށް އިތުރުކޮށްފައެވެ." ފެނަކައިން ނެރުނު ބަޔާނެއްގައި ވެއެވެ.