(އަމިއްލަ ރާގެއްގައި)
މިދިލިގަހުގެ ހިޔަނީގައި އަނދިރި އަނދިރި ރޭރެޔަށް
ނިދިނުޖެހިމެ ޙިލްމު މިތާ އެދިއެދި އޮންނާނަމޭ… މިދިލިގަހުގެ ހިޔަނީގައި
ވެދުމަށް ރަން އިލޮށި ކަދުރު ގަޓަރިގަޓަރި ފައިދޮށަށް
ކަނދޮޅު ވަކަރު އޮޑިޔެއްގައި ގެންދެޔެ މަބުނާނަމޭ… މިދިލިގަހުގެ ހިޔަނީގައި
ޢުދުވަ ވެދިޔަ ނުފުދުނަކަސް އަތްޖަހަޖަހަ ސާބަހަށް
ފުދުނުބަކަރި ބިރިޔާނީ ކައިކައި ހުންނާނަމޭ… މިދިލިގަހުގެ ހިޔަނީގައި
ކަނދި ތެލި ބޭރުގެ މިތުރުން ބޮއިބޮއި ހުސްކުރި ތަނަށް
އެނދިމަރިޔަނބު ހުވަފެނުގައި ދެކެ، ދެކިލަން ދާނަމޭ… މިދިލިގަހުގެ ހިޔަނީގައި
ކަނދުވަލުދޫނީގެ ބިހުން ފޮނިފޮޅި ފިލެހައި އަލަށް
ބިނދި ވަރަ އުދުހޭ ކޮތަރަކު ވަރަދަށު ފޮނުވާނަމޭ… މިދިލިގަހުގެ ހިޔަނީގައި
ރޮދިބޮލުކެނޑިފައެ ތިބުނާ ދެރަދެރަ އެ ޢަޖޫޒުނާ
އަދި ނިކަމެތި މިސްކީނުން ހޭތަން މަ ދެކޭނަމޭ… މިދިލިގަހުގެ ހިޔަނީގައި
ބަނދި ނިމުނަސް ވަރިހަމަތާ، އުޅެއުޅެވެސް ނުވިކަމާ
ބެދި މަގު ދެކޮޅުން ގަމު ކެނޑިފޮނި ފޮނި… ނުބުނާނަމޭ!… މިދިލިގަހުގެ ހިޔަނީގައި