Support Us

ބީ.އެމް.އެލް ސީ.އީ.އޯ އާއި ޑެޕިއުޓީ ސީ.އީ.އޯ އަދި ދިރާގުގެ ސީ.އީ އިސްމާއިލް ރަޝީދު (ވ)

ބީ.އެމް.އެލް އެކައުންޓްތަކުން ކުރާ ބައެއް ވައްކަންތަކުގައި ދިރާގު ބައިވެރިވުމުގެ ތުހުމަތުތައް

ބީ.އެމް.އެލް އެކައުންޓްތަކުން ކުރާ ބައެއް ވައްކަންތަކުގައި ދިރާގުގެ ބައިވެރިވުން އޮންނަ ކަމުގެ ތުހުމަތުތައް އަބަދުވެސް ދަނީ ކުރަމުންނެވެ. މިގޮތުން އެންމެ ފަހުން މި ފަދަ ކަމެއް މެދުވެރިވީ ރާއްޖޭގެ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރ މުހައްމަދު ފަޔާޒު (ފިއްޓޭ) އަށެވެ.

ފިއްޓޭ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ މިހެންނެވެ. "ރޭ ދަންވަރު އަޅުގަނޑުގެ ބީ.އެމް.އެލް އެކައުންޓް އަދި ސީ.ސީ (ކްރެޑިޓް ކާޑު) އެކައުންޓް އެއްކޮށް ވަގަށް ނަގައިފި. ފުރަތަމަ ސިމް ޑިއެކްޓިވޭޓްކޮށްލީ، ދިރާގުގެ ބައިވެރިވުން. އާ ސިމްއެއް އިޝޫނުކޮށް އޯ.ޓީ.ޕީއެއް ނުލިބޭނެ. (ބެލިއިރު އޮތީ މަގޭ ކޮންސެންޓް އެއް ނެތި ސިމްއެއް އިޝޫކޮށްފައި. އީސިމް އެއް ނޫން. އެކަން ވާނީ ދިރާގުގެ ތެރެއިން. ދެން އޮންލައިން ޓްރާންސްފަރ ހެދީ. މެއިލް އިންނާނީ ޑިއެކްޓިވޭޓްކޮށްފައި. ހަމައެކަނި އޯ.ޓީ.ޕީން އެކަން ވާނީ. އިންޓަނެޓް ބޭންކިން ތްރޫކޮށް ޓްރާންސްފަރ ހަދާފަ ހުރީ. މީގައި ބީ.އެމް.އެލް ތެރެއިން ކަމަށް ބެލެވޭ. މިކަން ބަލައިދޭނެ ބަޔަކު ނެތި އަމިއްލަޔަށް މި ކަންތައް ބަލަންޖެހުމަކީ ހާދަ ދެރަ ކަމެކޭ."

"އަދިވެސް" އަށް އިތުރު މައުލޫމާތު ދެމުން ފިއްޓޭ މިއަދު ބުނީ އޭނާގެ އެކައުންޓުން 170،000ރ. އަށް ވުރެ ގިނައިން ވަގަށް ނަގައިފައިވާ ކަމަށެވެ.

"އަހަރެންގެ ފޯން ޑިސްކަނެކްޓްވީ އެރޭ 11 ޖެހިއިރު. ދެން ސިމްއެއް ނުހޯދޭނުން އެ ގަޑިއަކު. ދިރާގަށް ގުޅީމަވެސް ނުބުނޭ އިތުރު ސިމް އެއް އިޝޫކުރި ވާހަކައެއް. އިތުރު ސިމްއެއް އެރޭ 11:50 ހާއިރު އޮތީ އިޝޫކޮށްފައި. ޖީމެއިލް އަކުން ނެތް އެއްވެސް ވަރަކަށް ޓްރައިކޮށްފައެއް. އެ މީހުން އެބުނާ އޮތެންޓިކޭޓާ ވެސް އިންނާނީ އެކްޓިވޭޓްކޮށްފައި. އަނެއްކާ މަމީ ލިންކެއް އަންނަ އިރަށް މަކުނެއްހެން ފިތާމީހެއް ނޫން. މީ ހަމަ ރަނގަޅު (ސްކޭމް) ނެޓްވޯކެއް،" ފިއްޓޭ ބުންޏެވެ.

ފިއްޓޭގެ ފޭސްބުކް ޕޯސްޓު ތިރީގައި މި ވަނީއެވެ.
ފިއްޓޭގެ މި ޕޯސްޓާ ގުޅިން ބައެއް މީހުން ވަނީ ކޮމެންޓްކޮށްފައެވެ. ބައެއް ކޮމެންޓްތައް ތިރީގައި މި ވަނީއެވެ.


ފިއްޓޭގެ ބީ.އެމް.އެލް އެކައުންޓުން ވައްކަންކުރުމުގައި ދިރާގު ބައިވެރިވުން އޮތް ކަމަށް އޭނާ ކުރި ތުހުމަތާ ގުޅިގެން ދިރާގުގެ ބަހެއް ހޯދުމަށް ދަންނަވާލުމުން ސީނިއަރ މާކެޓިން މެނޭޖަރު މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

  1. އަޅުގަނޑު މީހެއްގެ އަތުން އަގުބޮޑުކޮށް ގަނެ، އަޅުގަނޑުގެ ނަމުގައި ރަޖިސްޓަރ ކޮށް، 12 ވަރަކަށް އަހަރު ބޭނުންކުރަމުންދިޔަ ރީތި ނަމްބަރެއް ބޭނުންކޮށްކޮށް ހުއްޓާ އެހެން ފަރާތަކަށް ދޫކޮށްލި މައްސަލައެއް 2021 ވަނަ އަހަރު ހުށަހެޅިން. ވީކަމެއް ހަރާމުން ހަރާން. އެންމެ ދެރަވިކަމަކީ، އެ ސިމްކާޑަށް އެކްޓިވްކޮށްފައިވާ މެއިލްތަކާއި އެކުންތަކެއް ހުރީމަ. ދިރާގަކީ ސްމާރޓް ވަގުން އުޅޭ ނުފޫޒުގަދަ ތަނެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *