ޅެން ހުރޭ ފުރިހަމަ ނުވާ، ބައިކުޅަބައެއް މަދު، ހަމަ ޔަޤީން
ތިންގަނޑެތި އުންމީދަކުން ނިމި އިރި ކަފާސްވާ ވަގުތުގައި
ހެންމި ދުނިޔޭ އުޅުމުގައި ވަރިހަމަ އެކަނިވިޔަކަސް ޔަޤީން
އެންމެނަށް ފެނުނަސް ކަރުނަތިކި ލޯމަރައިލާ ވަޤުތުގައި
ދެން މިދުނިޔޭން އެއްތަށިން ނުކެވޭނެކަންވެސް ވިޔެ ޔަޤީން
އެންމެނަށްވެސް އަންނަ އެދުވަސް އައި އެ ބިރުވެރި ވަޤުތުގައި
ފެންނަހެން ހީވުން އެއީ ކުށަކަށް ނުވާނޭ ކަން ޔަޤީން
އިންނަހެން މާ ގާތުގައި އިޙްސާސްވެގެން ދާ ވަޤުތުގައި
މެންދަމުގެ އަނދިރީ ތެރޭން ފިލަޔޭ ބިރާ ވަހުމާ، ޔަޤީން
ދުންފިނިން ޖައްވުގެ ތެރޭން ތިޔަ ސޫރަ ސިފަވާ ވަޤުތުގައި
މެންއަހަރު އެކު ލައްވަވަން މި ދުޢާކުރަން، ކަށަވަރު ޔަޤީން
ނިންޖަކުން އަހަރެން ނިދަން ވެސް ދާއިމީ ވާ ވަޤުތުގައި