މަގޭ ހިތުގައި ކަލާ އުޅުނަސް ހެވޭ އެހިތަށް ބަލަންވާނޭ
ހަގޭ ލޯތްބަށްވުރެން އަދި ހިތް، އެކަން ރަނގަޅަށް އެނގެންވާނޭ
ޖަހާ ވިންދެއް ޖަހާނީވެސް، އިޝާރާތެއް ކުރާ ބީދައިން
ކަހާލައި ހިތުގެ ތުނި ފަރުދާ، އެ އަޑު ކަނުލައި އަހަންވާނޭ
ފެޅުނު ހިތެކޭ ކުރިންވެސްމީ، ވެވުނު ލޯބީގެ އިހުމާލުން
އެޅުނުނަމަ ކޫރުމެއް ހިތުގައި، ކަލާގެ އަތުން ފޮހެންވާނޭ
މަދެއް ނޫނޭ އުދާހާ ވޭން މި ހިތުގައި މިއަދުވެސް ހުރިވަރު
ތަދެއްގެ ހިލަންވިޔަސް ވަގުތުން ހިތަށް ފަރުވާ ދެވެންވާނޭ
ކިތަންމެ މޮޅަސް ހިތާއި ކުޅެން، ކުޅެންވާނީ ސަމާލުވެގެން!
ހިތަށް އަނިޔާ ކަލާގެ ފުށުން، ލިބޭނަމަ ބަދަލު ދޭންވާނޭ
ހިތުގެ ބޭރަށް ކަލާ ފިޔަވަޅު އަޅާނަމައީ މި ހިތް ރޮއްވާ
ހިތުގެ ހުރިހާ އުފާ ވަޅުލަން އެ ގެންދާ ތަން ބުނަންވާނޭ