Support Us

އަދިވެސް

މަދު މީސްކޮޅެކޭ ކުޑަ ބިމެކޭ ހީނުކުރާށޭ!
އަދި ވެސް ކުރިހޯދޭނެ – ޢަޒުމުތައް ދިރުވާށޭ!
**** ****

ބަޑިއެއް ނެތި ކަނޑިއެއް ނެތި ރޫޅާލި ބަލާތައް
އަދިވެސް ފުނޑުކުރެވޭނެ – ފަހުން މެޑެލި ޖަހާށޭ!

ދީނާ ހެދި ޤައުމާ ހެދި ފީނާ ހެދި ޣާޒީން
އަދި ވެސް ބިމުގައި ވާނެ – ނިކުމެ ތާޖު އަޅާށޭ!

އިޚްލާޞްތެރި ކިޔަމަންތެރި ބަރަކާތްތެރި ހިތްތައް
އަދި ވެސް ހަރަކާތްވާނެ – އުޑަށް ވާޞިލުވާށޭ!

ހައިހޫނުގެ ވޭނާއެކު ލީ އަބުރުގެ ފޭރާން
އަދިވެސް ހޯދޭނޭ އެ ހެދުން ޤައުމު އަޅާށޭ!

ދިވެހިންގެ ވަޠަން ދިވެހި މި ބިން ދިވެހިދަރީންނަށް
އަދިވެސް އޮންނަންވާނެ – އިހަށް ލޯހުޅުވާށޭ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
121
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *