ސަހަރޯ މި ސަހަރުގެ ސިހުރަކީ
ސިހި، ރޯވަރުގެ ސަކަރާތެކޭ
ފަހަރަކު ނިކަން ވިސްނައިލިޔަސް
ލުހި ބުއްދި އާގަމަ ވާނެޔޭ
ވި ޙަރާމް ފުޅީ ޣަރްބީ ޚަމްރު
އަނހަ! ހައުދަހައި ގިނަ މަގުމަތީ
ރަހަމީރު ސަރުބަތު ކަމު ހަދައި
ލަހުގައިގަ ރަތުރަނު ބޮއި މެޔޭ
ފަހު މާނުޒަ އެ އަނދިރީ އެދުރު
ކެހި ދަންނަ ދޭނެޔެ، ނާ ތެދޭ
ކެހިގެން ނުދާ ފަރުދާތަކާ
މެހި ޞިދްޤުވެސް ގެއްލޭ މެޔޭ
މަހުޖަނަކު ދެރަ އަޢުވާނަކަސް
ފަހަތުން އަޅައިފިތަ، ކަށަވަރޭ
ފިހެލައި ފަރާޓާ އަބުރުގައި
ރިހަޔާ ޖަހައިގެން ކާނެޔޭ
ދަހިވެތިކަމީ ކަތިލަން އަޚާ
ރުހެވޭ ކަމުގެ ފާހެއް ކަމަށް
އަހިގަހު މިސާލުން ކިޔަވަމުން
ޖެހި ފާވެގެން އެނބުރޭނެޔޭ
ސަހަރޯ މި ސަހަރުގެ ސިހުރަކީ
ސިހި، ރޯވަރުގެ ސަކަރާތެކޭ
ފަހަރަކު ނިކަން ވިސްނައިލިޔަސް
ލުހި ބުއްދި އާގަމަ ވާނެޔޭ