Support Us

އޭ ލޯބިވާ ބައްޕާއެވެ.

އޭ ލޯބިވާ ބައްޕާއެވެ. އަހަރެންނަށްޓަކައި ތި ހިތުގައި ކުޑަވެސް ރަޙުމެއް ނުވަނީތޯއެވެ؟ ބައްޕަގެ އަގުހުރި ވަގުތުތަކުގެ ތެރެއިން ފަޅި ސިކުންތެއްވެސް އަހަރެންނަށްޓަކައި ހުސް ނުކޮށްލެވޭނެތޯއެވެެ؟ އަހަރެންގެ ހަޔާތް ހޭދަކުރަންޖެހެނީ ސަރުޢީ ގޮތުން ބައްޕައެއް ހުރެ އެކަމަކު ބައްޕައެއް ނެތް ޔަތީމް ކުއްޖެއް ފަދައިންތޯއެވެ؟

އަހަރެންގެ ހިތުގެ ކެކުޅުން ﷲ ޞުބްޙާނަޙޫ ވަޠަޢަލާ ބައްލަވާ ވޮޑިގެންވާކަން ކަށަވަރެވެ. އެއީ މި ދުނިޔެއަށް ތި ބައްޕަގެ ނަސްލުން އަހަރެން ފޮނުއްވި ހާލިޤްވަންތަ ކަލާނގެއެވެ. ދަރިންގެ ބޮލުގައި މައިންބަފައިންގެ މައްޗަށް ހައްޤުތަކެއް ވާފަދައިން މައިންބަފައިންގެ ބޮލުގައި ދަރިންގެ މައްޗަށްވާ ހައްޤުތައް ކޮބާހެއްޔެވެ؟ އަހަރެން މި ވަނީ އެ ހައްޤުތަަކުން މަޙްރޫމްވެފައެވެ. ބައްޕަގެ އިހްމާލުންނެވެ.

ސަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ދަރިންގެ ހަރަދުތައްކޮށް ދިރިއުޅޭނެ ތަނެއް ހޯދައިދިނުމަކީ ބައްޕައަށް މަތިކުރެވިފައިވާ ޒިންމާއެކެވެ. އެކަން އެނގޭހެއްޔެވެ؟ އެކަމަކު ބައްޕައިންގެ އެހީތެރިކަމެއް މަދަދުވެރިކަމެއްނެތި ބިކަ ހާލުގައި ބޮޑެތިވި އެތައް ދަރިންނެއް މި މުޖުތަމައުގައި އެބަތިއްބެވެ. އަދި މިހާރުވެސް އުޅެމުންދާ އެތައް ކުދިންނެއް އެބައުޅެއެވެ. އޭގެ އެއް ހެއްކަކީ އަހަރެންނެވެ.

އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ބައްޕައަކަށް ހިޔާވަހިކަމެއް ހޯދައިނުދެވުނުތާ އެހެނިހެން ޒަރޫރީ ބޭނުންތައްވެސް ފުއްދައެއް ނުދެވުނެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގައި ދިރިއުޅުމަށް މަސައްކަތްކުރަން ޖެހެއެވެ. އެއީ ﷲ ގެ ރިޒްޤު ހޯދުމަށެވެ.

ބައްޕަ ކުރާ މަސައްކަތުގައި އަހަރެންގެ ރިޒްޤުވަނީ ލައްވާފައެވެ. އެކަމަކު ނަސީބު ދެރަކަމުން އެ ރިޒްޤު އަހަރެންނަށް ނުލިބެނީ ބައްޕަ ނުދޭތީއެވެ.

ބައްޕަގެ ހުރިހާވެސް އެއްޗަކީ ބައްޕަގެ އަނބިމީހާއެވެ. އެކަމަކު ހަނދާންކުރާށެވެ. ދުވަސް އޮތީ ކުރިއަށެވެ. ބައްޕަ ބަލި އެނދުގައި އޮންނަ ދުވަހު ފިރުމައިދޭން ގާތުގައި ހުންނާނީ މި ދަރިފުޅެވެ. ބައްޕަ ނުކައި ހުރެއްޖެ ނަމަ ކާންދޭން ހުންނާނީ މި ދަރިފުޅެވެ. ބައްްޕަގެ ކޮންމެ ކަމެއްގެ ޒިންމާ އެޅޭނީ އަހަރެންގެ ބޮލުގައެވެ. އޭރުން ބައްޕަގެ ލޯބިވާ އަނބިމީހާއެއް ނުހުންނާނެއެވެ. މިއަދު އެގޮތުގައި ހުރެދާނެއެވެ. އެކަމަކު ވަގުތު ޖެހުމުން ފިލާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. ލޯބިވާ ބައްޕާއެވެ. ވިސްނާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *