Support Us

އޭނާގެ ޅެންތައް

އޭނާގެ ޅެންތައް ހުންނަނީ ހިތުދަސްވެފައި އަހަރެން ކިޔާ
ވޭނާ ތުރާތައް ނޫފުލައި ފެނިލާ އިރަށް ގުޅެނީ ލެޔާ

އޭނާގެ ލޯ ފުރަތަމަ ކިޔައިލަން ލިބުނު ޅެމަކީ ސާޙިރީ
އޭގައިވި އެސްފިޔަތައް ހިތަށް ގެނައީ ރުބާޢީ ކާފިޔާ

އޭނާގެ މޫނު އެއަށް ފަހުން ޝާއިޢުވި ޅެމަކީ ޖާދުވީ
އޭގައި އޮމާންކަން ހުންނަނީ ބުރުދާ ފަދައިން ފިނި ރޯޅިޔާ

އޭނާގެ ދެ ބުމަ ދެ ތުންފަތާއި ދެލޯ ދެ ކަންހުޅި މިންވެލީ
ދޭހެން ދިޔޯ އަރުމާޒުގައި އަޑުތައް ގަތައި ފިލިކޯޅިޔާ

އޭނާގެ ހިނިތުންވުން ދެނީ އަލިމުތްތަކެއް މާ ރޯޝަނީ
އޭގައިވި ބަނޑުވައްއެކުލެވުން އެއް ފަދަ ޖަމީލުގެ ދުނިޔެޔާ

އޭނާގެ އިސްތަށިގަނޑު މި ވެސް ޗާލޫ ޅެމެއް މޮޅު ޖާޒުބީ
އޭގައި އެ ވާ ލުއި ބާނިތައް ދޭ ނީލުގައި ހިނގަމުން އޮޔާ

އޭނާގެ ބަސް މީ ވެސް ވަރަށް އަގުހުރި ޅެމެއް މާތް މާނަވީ
އޭގައިވި ފުންކަން ލައްްޒަތާ ދަންނާނެ ކަނޑުތައް މާމުޔާ

އޭނާގެވަސް މީވެސް ޅެމެއް މުޅި ދުނިޔެ ވަގުތުން މަސްތުވީ
އޭގައިވި ތާސީރަށް އެދޭ ކެލަޔާ ބޮކަރު ކަސްތޫރިޔާ

އޭނާގެ ޙަރަކާތްތައް މިއީ ޅެމަކީ އިނގޭތޯ ޝާޢިރީ
އޭގައިވި ބާރެއް ޤައިސު ވެސް އުނގެނެންޖެހޭނީ ދޭހަޔާ

އޭނާގެ ޅެން ފޮތް އޭ ޔަޤީން ރީތީގެ ހެއްކެއް ޤުދުރަތީ
އޭ މާތް އަޚާއޭ ލިބުނު ނަމަ އެއް ފަދަކުރާތި! ފުރާނަޔާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *