ބިމެއް ދުނިޔޭން މިވަރު ނެތްތާ! އުފަންވާއިރު ވެ ހަމަޖެހިފައި
ނަމެއްވެސް ރޯޝަނީ ވެދަނީ ތިމާ އައިމައި މިވެނި ނަސަބުން
ބިމެއް ދުނިޔޭން މިވަރު ނެތްތާ!…
ހަމެއް ދަންދެން އަތުން ފޮޅުލައި ގުލާނެއް ކުރިޔަކަސް ނުވިތާ!
ކަމެއްވެސް ކުރިކަމަށް މިވަނީ ކުރީމައި ވަކި ބައެއް ޢަމުދުން
ބިމެއް ދުނިޔޭން މިވަރު ނެތްތާ!…
މަމެންނީ ދެރަސޮޑާ ކަން ދަނެ، އުޅެން ދެވަނައިގެ ފަންތީގައި،
އެމެންނީ ސާހިބުންކަމުގައި ގޮވަންވެސް ރުހި ޤަބޫލުވެގެން!
ބިމެއް ދުނިޔޭން މިވަރު ނެތްތާ!…
ހަމެއް ދަންދެން ލިސާނުކޮޅުން އެމީހުންނަށް ސަނާކިޔުމުން
ޅެމެއް ލަވަޔެއް ފަރިއްސަކުވެސް ކަމަށްހުރި ބުނެވެނީ ވަރުފެން.
ބިމެއް ދުނިޔޭން މިވަރު ނެތްތާ!…
ފުމެން ފަށަނީ މިތާ ކަނޑުގައި ގޮދާ މަތިވެރި ނުމޫސުމުގައި
އެމެއް ކަމުގައި ޚުޝާމަދު އެޅި ނަނެއް އެއްލީމަ ގަލަމު ތުނޑުން.
ބިމެއް ދުނިޔޭން މިވަރު ނެތްތާ!
