މަރު ކޮމިޝަނުގެ ރައީސަށް ވެދުމާ ސަލާމާ ދަންނަވަން
މަރުވާނެޔޭ ތިޔަ ބޭފުޅާވެސް، ހަނދުމަ ކޮށްދީ ދަންނަވަން
މީހުންގެ އަބުރާ ޢިއްޒަތާ ކަތިލަން ހަދާ ތިޔަދޮގު ތަކުން،
މީހުންގެ މެދުގައި"ކަނބުލޮ" އަދު، ވެއްޖޭ ފަޟީޙަތް ދަންނަވަން
ޙުސްނުއްސުޢޫދުގެ ޢިލްމުވެރި ޤާބިލްކަމުން، ބެއްލެވިކަމެއް،
ހުސްދޮގު ހަދައި، އޮޅުވާލަމުން ތިޔަ ގެންދަނީއޭ ދަންނަވަން
މުޅި ރައްޔިތުންނަށް ހާމަކޮށް ދީފައި އެއޮތް ތަޙްޤީގަކަށް،
"ކުދިކޮށް ކޮށައި މޮޑިފައި ކުރުން ޣައްދާރު ވުމެކޭ" ދަންނަވަން
މީހުންގެ މަރަކީ ދީނުގައި، ކުޅިވަރު ކަމެއް ނޫނޭ އިނގޭ
ދީނީ ރޮގުން ޢިލްމެއް ނެތަމަ! ކިހިނެއް ބަލާނީ ދަންނަވަން
"ހިތަކަށް ތިބާޔަށް ކޮމިޝަނެއް މިއޮތީ އަތަށް ލިބިފައި ކަމަށް"
ތިޔަ ބޭފުޅާޔަށް ހީވިޔަސް "ކުށް ހީޔެކޭ ތިޔަ" ދަންނަވަން
"ތެދުވެރިވެ ދޭންވީ ޞޯލިޙަށް ކަމުގައި ތިބާޔަށް ހީވިޔަސް"
ތެދުވެރިވެ ދޭންވީ ޤައުމަށާ، ވަޠަނަށް ކަމަށްވެސް ދަންނަވަން
ﷲ އަޅަކަށް ދެރަކަމެއް ނިކަމެތިކަމެއް ދީފާ ދެނެއް،
ﷲ އަށް ނުފިލޭނެކަން ހަމަ ކަށަވަރޭ ވެސް ދަންނަވަން
