Support Us

ޕްރޭނާގެ އަަންހެން ދަރިފުޅު ޕަލަކް ބޮލީވުޑަށް

ދެހާސް އެކެއްގައި ސްޓާ ޕްލަސްއިން ގެނެސްދޭން ފެށި "ކަސޯޓީ ޒިިންދަަކީ ކޭ" ޑްރާމާ ސީރީޒުން ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ސުވެތާ ތިވާރީ (ޕްރޭނާ)ގެ އަންހެން ދަރިފުޅު ޕަލަކް ތިވާރީ، ބޮލީވުޑަށް ނިކުމެއްޖެ އެވެ.

ޕަލަކް ބޮލީވުޑަށް ނިކުންނަ ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ވިވޭކް އޮބްރޯއީ ޕްރޮޑިއުސްކުރާ އޭނާގެ ދެވަނަ ފިލްމް ކަމުގައިވާ "ރޯޒީ- ދަ ސެފްރޯން ޗެޕްޓާ" އެވެ. ލީޑް ރޯލް ޕަލަކް އާއި ވިވޭކް ކުޅޭ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެެ މައްޗަށް ބިނާކޮށްފައިވާ ބިރުވެރި ފިލްމެއް ކަމަށް މިފިލްމްގެ ފުރަތަމަ ފޯސްޓާ އިންޓާގްރާމްގައި ރިލީޒްކޮށް ވިވޭކް ބުނެފައިވެ އެެވެ. އަދި ރޯޒީން ޕަލަކް ލޯޯންކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމުގައި ވިވޭކް ބުނެފައިވެ އެވެ. މި ފިލްގެ ޑައިރެކްޓަރަކީ ވިޝާލް މިޝްރާ އެވެ.

ބޮލީވުޑަށް ޕަލަކް ނިކުތުމަކީ ގިނަ ބަަޔަކު އިންތިޒާރު ކޮށްގެން ތިބި ކަމެކެވެ. މީގެއިތުރުން އޭނާގެ މަންނަ ސުވެތާ ކުޅުނު ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީ ކީ"ގެ ރީބޫޓް 2018 ގައި ޕަލަކް އޭނާގެ މަންމަ ކުޅުނު ރޯލުން ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ.

ސޯޝަލް މީީޑިއާގައި ބޮޑު މަގުބޫލް ކަމެއް ހޯދަމުން އަންނަ ޕަލަކް ވަނީ އޭނާގެ އިންސްޓާގްރާމްގައި "ރޯޯޒީ"ގެ ޕޯސްޓެއް އަޕްލޯޑްކޮށް އެ ޚަބަރު އޭނާގެ ފޮލޯވަރުންނަށް ދޭން ކެތްމަދުވެފައިވާ ކަމަށް ބުނެފަ އެވެ. ގިނަ ބަޔަކު ޕަލަކް ސިފަކުރަނީ އިންޑިއާގެ ކައިލީ ޖެނާގެ ގޮތުގަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *