Support Us

ބަލަ ޔަހުޔާ! ތަގެ އައިމައި…

ބަލަ ޔަހުޔާ! ތަގެ އައިމައި ރެޑުކާޕެޓު ފަތުރައިލައި
ބަލަ މަގޮވާ ކުރަކި އަޑުން ލަވަޔެއް ކީތަ، ވަރެއްލައި؟
ބަލަ ޔަހުޔާ! ތަގެ އައިމައި…

އަނހަ، ތަކުރާ! އަހަރެން ހަމަ ހުވަފެނަކަށް ގެނބި އިންދައި
ފަހަތުން ދިން އިރުޝާދަށް ޔަހުޔާ މުށުތެރެޔަށްލައި!
ބަލަ ޔަހުޔާ! ތަގެ އައިމައި…

އޭ ޔަހުޔާ! މަގޭ މިތުރާ! ރައްޓެހިބީ ވީމައިހޭ
ފޭޔަށް ލައި ގަމު އެދުރުން، ޔަހުޔާ މަތިފަޑިޔަށްލައި؟
ބަލަ ޔަހުޔާ! ތަގެ އައިމައި…

ޑިނަރާ ޖެޓުއިސްކީޔާ ހިލެޔަށްލައި ކަލޮޔަށް ދީ
ގިނަގުނަ ގުލްދަސްތާތައް މަނިކުގެ އަތުތެރެޔަށް ލައި!
ބަލަ ޔަހުޔާ! ތަގެ އައިމައި…

ބޮޑުގެ ދޮށުން ގުލެސަންފާ ބަބުރުލަވައިގެ ފުނައިގައި
ބޮޑުބެރު ހަމަނެއްޓިޔަކަސް އެކުގައި ދޯލިއުނ ހެއްލައި!
ބަލަ ޔަހުޔާ! ތަގެ އައިމައި…

ދެލިމާލީ، ސުކުމާލީ، ދެންވެސް ގިނަގުނަ މާލީ
ހުލިހުލިސާ ފަތްމިންޏޭ ހީކުރުވީތަ؟ ބަލައިލައި!
ބަލަ ޔަހުޔާ! ތަގެ އައިމައި…

ސަކުމަކު ނެއްޓި މަގޭ ހިތެ މަނިކާ އެބަ ބަންޑުންވޭ
އެކަމަކު ދެން މަގެ ޔަހުޔާ! އަހަރެން ދޫކޮށްލަބަލައި!
ބަލަ ޔަހުޔާ! ތަގެ އައިމައި…

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
351
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *