Support Us

"ބޭރުބަހަށް ވަނީ ހަމައެކަނި އިނގިރޭސި ބަސްތޯ؟"

ދިވެހިންގެ ބަސް ފަޚުރެއްކަމަށް ބުނެލާ މިއީ މައް ދިވެހިބަސް
މި ވެށީތެރޭ ވާގޮތް ބަލަން ބޭނުން ވެފައި އަދުވީ މިބަސް

ކިޔުމެއް ދިވެހި ވާނަމަ ލިޔެވި "ޣާފިލް" މި ބަސް މީ ދިވެހިބަސް
ލިޔުމަށް ދެބަސް ކިޔެވޭ ހިނދު "އޯޕަން" ކިޔޭ ތީ ބޭރުބަސް

"ޙިކުމަތް" ނެތޭ ބުނެލާ އެތައް ވެހި ދޫތަކުން ފަޚުރާ އެކީ
ފިކުރާވުމެއް ނެތި ބުނެލައޭ "ސިގްނަލް"މިއީ ބަލަ ބޭރުބަސް

"ބުލްބުލް" ތަކާ އެކު "ބާރޑުތައް" އުދުހޭއިރަށް ބައިބައި މެކޮށް
"ޢުލްމަށް" އަރާ ތިބިކަމު ވެގެން ބުނެ ބާރޑަކީ ހަމަ ބޭރުބަސް

"ދިލްކަޝް" ތެރޭ "މައުޖޫދު"ގައި ވިސްނައި ދިވެހި މި "ޖަލާ" އަކަށް
"ފިލް" ކޮށްލުމޭ ނުކިޔަން ބުނޭ "ޙުކުމުން" ތިއީ އުނި ބޭރުބަސް

"އޯކޭ" ނުވާ "ޓޮއިލެޓް" ތެދެއް މިވެހީ ދުލެއް ނެތްނަމަ ވިޔަސް
"ކޯލެއް" ނަގައި "ޚާޠިރު" ވެގެން އިއްވާލައޭ ހޫނ ބޭރުބަސް

މީ "މޯލްޑިވްސް" ކަމުގައި ވެގެން އެތަކެއް ފަތުން ފެނިފައިވިޔަސް
މީ ހަމަ "މަޙަލް ދީބޭ" ނިޝާނުންވެސް ބުނޭ ހޫނ ބޭރުބަސް

"އަސްވާރަކަށް" މާ މޮޅުވެގެން "ހޯމް ވޯކުގައި" މާ އިސްވެގެން
އަސްތާ ތިމާ މުސްކުޅިވިޔަސް ބުނެލާ ބައެއް ބަސް ބޭރުބަސް

"ޝާމިލް" އަބަދު ވާ ކަންތަކުން "ފީލިން" "ބިޒީ" އެކުގައި ވެގެން
"އާފާޤު" އޮތް ގޮތްނުމެ ބަލައި ބުނެލާ އެދުރު މައް ބޭރުބަސް

ވީތީ "ޠަބީ ޢަތުގައި" މިގޮތް ކަންތައް "ޢުޖުބު" ދައްކައިފުމުން
ވީ ނޭނގުމުން "ނެޗުރަލް" ކަމެއް ހަރުކޮށް ބުނޭ ޗީ ބޭރުބަސް

"ވައިފެއް" ގެއަށް ވައްދައި "ފްރީ" ނުވެގެން ތިމާ "ޓޮލަރޭޓް" ގައި
ވައިގައި ނުހިފި މި "ޙަޔާތުގައި" ދެ ތުނބުން ކިޔާ ޗުއް ބޭރުބަސް

މި "ޢަބީރު" ގައި ވި "ރަބީޢު" ގައި ކޮށްގެން "ވެޑިން" މި "ހެޑޭކު" ގައި
މިއަކަން ދަމައި "ޓީޗަރު" ބުނޭ "ޑޫނޮޓް" ވެ "ޔޫސް" އަދި ބޭރުބަސް

"ހޮލިޑޭ" ނައިސް ގެން "ޙާލަތަށް" "ގެޓް" "ކަޓް" ވެގެން "ތަޤްލީދު" ގައި
ހަލިކަން އައިސް "އުފް އުފް" ކިޔައި އިއްވައި އުޅޭ މީ ބޭރުބަސް

މީހާ "ސިޓިންރޫމަށް" ތިރާ ވެވިގެން ޕަޗަސް ރޭރެއް ވެގެން
ވީ "ހާލުގައި" މަ "ފަޤީރުކަން" އޮވެ ބުނެލަނީ އޭ ބޭރުބަސް

ވިސްނައި މިކަން ވާގޮތް ނު އެނގި ދޭސީ ބިދޭސީ ނު ކިޔަމާ
މިސްރާބު ދޫކޮށް ބުނެލަމާ ނެތް ބޭރުބަސް މީ ދިވެހިބަސް

ނިންމައިލަމުން މިހިނދަށް މި ޅެން ބުނެލާހިތޭ ލޭގައި ހިނގީ
ގިންތީތެރޭ ވީ ދިވެހިބަސް ރައްކާކުރޭ ނަލަ ދިވެހިބަސް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *