Support Us

ސިފައިންގެ ކުއްޖެއްގެ ބައްޕަ ކުރި ސުވާލު

ފޭސްބުކުގައި ހިއްސާކުރި ސުވާލުގައި ލިޔުނީ އޭނާގެ އަންހެން ދަރިފުޅު އަންނަ އަހަރުގެ ކުރީކޮޅު ބޭސިކް ކޮމްބެޓް ޓްރޭނިންގ ނިންމާނެ ވާހަކައާއި ދަސްވެނިވުމުގެ ހަފްލާގައި ސިފައިންގެ ޔުނީފޯމުގައި އޭނާ ބައިވެރިވުމާމެދު ފޯރަމުގެ ބައިވެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސާޖެންޓް މޭޖަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންގެ ފޭސްބުކް ފޯރަމުގައި ކޮމާންޑް ސާޖެންޓް މޭޖަރ (ރިޓަޔަރޑް) ވޭން ބޭކަރ މި ޚިޔާލު ފާޅުކުރީ އޮކްޓޫބަރު 28، 2022 ގައެވެ. މި ސުވާލަށް ފަންސާހަށް ވުރެ ގިނަ މީހުން މިހާތަނަށް ޚިޔާލު ފާޅުކޮށްފައިވާއިރު ގިނަ މީހުން ބުނެފައިވަނީ އެއީ މައްސަލައެއް ނޫން ކަމަށެވެ.

ޚިޔާލު ފާޅުކުރި މީހަކު ލިޔެފައިވެއެވެ. "އެ ދަރިފުޅު ތިޔަބޭފުޅުންގެ ފިޔަވަޅުތަކަށް ތަބާވުމުން އެނގިގެންދަނީ ތިޔަބޭފުޅުންނަކީ އަޅުގަނޑުމެންގެ ޤައުމަށް ޚިދުމަތްކުރާ އާއިލާއެއްކަން. އެ އަންހެން ކުއްޖާއާއި ތިޔަ ބޭފުޅާއަށް ޓަކައި ފަޚުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި" ކަމަށެވެ.

ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކޮށްފައިވާ މީހަކު ލިޔެފައިވެއެވެ. "އަޅުގަނޑުގެ ދަރިފުޅު އެދިގެން އެ ދަރިފުޅުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އަޅުގަނޑު ވެސް ޔުނީފޯމު އެޅީމެވެ."

ޚިޔާލުފާޅުކުރި އެއް ބަޔަކު އެ ދަރިފުޅު އެދޭ ގޮތަކަށް ދަސްވެނިވުމުގައި ބައިވެރިވުމަށް ބައްޕައަށް އިރުޝާދު ދީފައިވެއެވެ.

ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އެމެރިކާގެ ސިފައިންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސިފައިންގެ ޔުނީފޯމާއި ޝަރަފުގެ ނިޝާނާއި، ކޮލިފިކޭޝަން ބެޖުތައް ބޭނުންކުރެވެއެވެ.

ދިވެހި އަސްކަރިއްޔާގައި ޝަރަފުގެ ނިޝާން ބޭނުން ކުރެވުނަސް ރިޓަޔަރ ކުރާ ފަރާތްތަކަށް ސިފައިންގެ ޔުނީފޯމު ބޭނުންކުރުމުގެ ހުއްދަ އަދި ދެއްވާފައެއްނުވެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *