Support Us

ހަރު އަޑުން ގޮވާ ގޮވުން

ތިނެއް ނޮވެންބަރުގެ ޚާއިނުންނަށް ލަގަން މި ގައުމުގެ ޙަވާލުކުރުމުން
މިނެއް އިމެއްނެތިވަނީ ޚިޔާނާތް ދޮގާއި މަކަރާ ފިސާރި ހަދަމުން

ބިމާ ކަނޑާ ހާހަލާއި ފަރުގިރިތަކާއި ހުރި ހަރުމުދާތަކާ މި ދީބުގެ
ތިމާމެނަށް ލާބަޔާއި މަންފާ ލިބޭމަގުން ގެންދަނީޔެ ބަހަމުން

ޖަހާލަތާ ޝިރުކު ފަތުރަމުންނޭ އެ ގެންދަނީ ވެރިކަމުގެ ފަރާތުން
ބަހާއި ޢަމަލުން ލިބޭނެޔޭ ހެކި މިކަންކަމާ މެދު ޚިޔާލު ކުރުމުން

ޟަލާލަތަށް މަގު ކޮށައިދެމުންނޭ ޢަދާލަތާ ހަމަޖެހުން ނަގާލީ
ސަލާމަތަށް އެދި ހިނގާނެހުރިހައި މަގެއްދަނީ ހަމަ މުޅިންމެ ނެތެމުން

އަމާންކަމާ ޞުލްޙަޔާއި ދީނާ މިތާގެ މިނިވަންކަމާ ނަގައިލާ
ސަމާލުކަންހުރި އަވަށްޓެރިންނަށް ދަނީޔެ ތަޅުދަނޑި ހަވާލުކުރަމުން

މިރާއްޖެ ހަމަ އުފެދުނީއްސުރެންވެސް މިވަރުނުބައި ވެރިކަމެއްނުކުރެޔޭ
ކިރާ ވަޒަންކޮށް އަޅާކިޔާ އިރު ހަގީގަތޭ މީ އެނގޭނެ ބެލުމުން

ނަވާރަ އަށްޑިހައަށެއް ނޮވެންބަރު ތިނެއް ބުރާސްފަތި ހަނދާންކުރީމާ
ނަވާރަ ދިވެހިން ޝަހީދުކޮށްލީ ސަބަބު މިހިރަގެންދަނީޔެ އެނގެމުން

ގޮވާނަގާ ހަރުއަޑުން ވަޠަން އަދު ޝަހީދު ޙުސެންފަދަ ކެރޭ ދަރީންނަށް
ހުވާކުރާށޭ ނުވާން ޣަދަރުވެރި ދިފާޢުގައި ކެރި އަމާޒު ހިފަމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *