Support Us

ބަނޑު ގޯސް ވަނީ

ނިކަމެތިކަން ނުދެކޭތީތާއޭ ތަނަވަސްކަން އަގު ނުކުރެވެނީ
ބިކަޙާލޭ ލިބި ހުރިހައި ނިޢުމަތު ގައިތިބެގެން ގޮވުމުން ދެވެނީ

ބަނބުކޭލުން ފައި ފަލަބަލިޖެހެޔޭ ބުނިމީހުން އަދި ދިރިތިއްބައި
ބަނޑުގައިއޮތް ދަރި ދެލޮލުން ދެކެފައި ކުރިޔަށްނުދެޔޭ ތިޔަ ބުނަނީ

ރަށުތެރެއަށް ބޯޓުން ގޮސް ސީދާ ފޭބޭގޮތް ތަނަވަސް ވީމާ
ކަށިމަތިފެން ހުރި ފަޅުތަކުގައި ހިނގި ދިގު ރާސްތާތި ހަނދާންނެތުނީ

ފަނަރަގަޑިން ވެސް ނުދެވޭ ތަނަކަށް،އުޑުގައި ޖޫހެއް ބޯންއިންދައި
ފަނަރަމިނިއްޓުން ދެވުނީމާ ހޭ ލަސްވާތީ ޝަކުވާ ކުރަނީ

ހަނދުގެ ބަދަލުގައި އަލިފާން ފެނުމުން އުޅެފައި އެންމެން ރޯދަހިފައި
ވަގުތުން ހަނދު ލެއްވީމާ ދެލޮލަށް ނުފެނޭތީ ޢީދަށް ނުވަނީ

ދޮންވެލި ދޮލަނގުން އެދުރުވި މީހުން، ފޮތްފަންސުރު ދެލޮލުންނުދެކޭ
ކޮން ޑިގްރީއެއް ނެތިގެންބާއޭ އެކަކަށް އަނެކަކު ކަލަ ގޮވަނީ

ދުއްވައިގަތްއިރު ފައިދޮށް ނުބަލައި ހުރިބާރަށް ދުއްވައިގަތުމުން
ދުއްވައިގަތް އެންމެންގޮސް ސަފަކަށް ބަންޑުން ވެއްޓޭ ގޮތް އެވަނީ

ދީނެއްއޮތްކަން ކިރިޔާ އެނގިގެންދީނަށް އުޅެމުން އައިމީހުން
ދީން އެނގިގެންހޭ ދެންތިބި އެންމެން ކާފަރުވީކަމުގައި ބުނަނީ

ދުކުތައްނެތިގޮސް ސުކުގައި އުޅެމުންފިކުރެއް އެކަމާކޮށް ނުމެލައި
ޝުކުރު ކުރަން ނޭނގޭ މީހުންނޭ ކުފުރުގެ ބަސް ބުނަމުން އެދަނީ

ކުރިޔަށް ދާލެއް ބާރުކަމުންނޭ ކުރިމަތި ނޭނގޭގޮތް ތިވަނީ
ހުރިހައިއެއްޗެއް އެއްފަހަރާ ކެވުނީމާއޭ ބަނޑު ގޯސްމިވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *