Support Us

ދުޢާއެއް!

ދުއާއަކީ މުސްލިމުންގެ ހަތިޔާރެވެ! އިބްނު ބަތޫތާ ފަދަ ރާއްޖޭގެ ވާހަކަ ލިޔުއްވި ބޭކަލުން ލިޔުއްވާފއިވެއެވެ. ދިވެހިންގެ ކިބައިން އީމާންތެރިކަން ފެންނަ ވާހަކައެވެ. އެމީހުންގެ ހަތިޔާރަކީ ދުއާކަމެވެ! މިއަދު ވެސް، އަބަދުވެސް، މުއިމިނުންނަށް ދުއާކުރެވޭނެއެވެ. ގޭގައެވެ. އަދި މިސްކިތްތަކުގައެވެ. އެކަހެރިކޮށްނާއި ޖަމާއަތްތަކުގައެވެ. ސިއްރުންނާއި އަޑުހަރުކޮށްނެވެ!

***

اللهم! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް އިސްލާން ދީނުގެ ތެދުމަގު ދައްކަވައި އިސްލާން ދީން މަތީ އަޅަމެންގެ ފައިތިލަ ސާބިތުކޮށްދެއްވާދޭނވެ!

ޔާ ﷲ! އިބަރަސްކަލާނގެ ރުއްސާވާ ސިފަތައް އަޅަމެންގެ ކިބައިގައި ލައްވަވާނދޭވެ! އަދި އިބަރަސްކަލާނގެ ނުރުއްސަވާ ސިފަތައް އަޅަމެންގެ ކިބައިން ނެތިކުރައްވާނދޭވެ! އަޅަމެންނީ ތެދުވެރި އިޚުލާސްތެރިން ކަމުގައި ލައްވަވާނދޭވެ! އަޅަމެންނީ ޚިޔާނަތްތެރި ޣައްދާރުވެރި ބަޔަކު ކަމުގައި ނުލައްވަވާނދޭވެ! އަޅަމެންނަކީ އަޅަމެންގެ ގައުމަށާއި އަޅަމެންގެ ވަތަނަށް ތެދުވެރި އިޚުލާސްތެރި ބަޔަކު ކަމުގައި ލައްވަވާނދޭވެ! އަޅަމެންނީ އަޅަމެންގެ ގައުމަށާއި އަޅަމެންގެ ވަތަނަށް ޚިޔާނަތްތެރިވެ ޣަދަރުވެރިވާ ބަޔަކު ކަމުގައި ނުލައްވާނދޭވެ!

ޔާ ﷲ! ޚިޔާނަތްތެރި ޣައްދާރުންގެ ކިބައިން އަޅަމެންނާއި އަޅަމެންގެ ވަތަން ސަލާމަތްކޮށްދެއްވާނދޭވެ! ޔާﷲ! އަޅަނޑުމެންގެ ތެރޭގައި އުޅޭ ދެފުށް ދެގޮތް މުނާފިގުން ކިބައިން އަޅަމެންނާއި އަޅަމެންގެ ވަތަން ސަލާމަތްކޮށްދެއްވާނދޭވެ!

ޔާﷲ! އަޅަމެންގެ ތެރޭގައި އުޅޭ ޚިޔާނަތްތެރި ޣައްދާރުވެރި ދެފުށްދެގޮތް މުނާފިގުން އަޅަމެންގެ ގައުމާ މެދު ރާވާ ނުބައި އަޅުވެރިކުރުމުގެ ރޭވުންތަކުން އަޅަމެންނާއި އަޅަމެންގެ ގައުމު ސަލާމަތްކޮށް ދެއްވާނދޭވެ! އަޅަމެންގެ ތެރޭގައި އުޅޭ މިފަދަ ޚިޔާނަތްތެރި ޣައްދާރުވެރި މުނާފިގުން، އިބަރަސްކަލާނގެ ގަދަފަދަވެގެންވާ ހިއްޕެވުމަކުން ހިއްޕަވައި އެމީހުންގެ ނިމުން ގެންނަވާނދޭވެ! އަދި އެކަން އެފަދަ އެހެން މީހުންނަށް ހުރި އިބުރަތެއް ކަމުގައި ލައްވަވާނދޭވެ! އާމީން، يأ سميع يا محيب يا رب العالمين، اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد

والحمد لله رب العالمين

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *