Support Us

އަލީ ރަމީޒު ހަތަރު އަނބިން ހަމަކުރަނީ؟

"ފިނިފެންމަލެކޭ، ލޯބިން ފޮޅޭ ރަތް ފިނިފެންމަލެކޭ…" އެއީ އަލީ ރަމީޒު ކިޔައިފައިވާ ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ލަވަތަކުގެ ތެރޭގައި ހިމެނުނު ލަވައެކެވެ. އެ ލަވައިގައި އަޅި ރަމީޒު ބުނަމުން އައީ އެންމެ މަލެއްގެ ވާހަކައެވެ. އެ ފިނިފެންމާ ހާސިލްކުރާން ބޭނުންވެގެން އުޅޭ ވާހަކައެކެވެ.

އެއީ މާކުރިއެވެ. އޭގެ ފަހުން އަލީ ރަމީޒު ލަވަކިއުން ހުއްޓާލިތާވެސް މިހާރު އެތައް އަހަރެއްވެއްޖެއެވެ. މިއަދު ކުއްލިއަކަށް އަލީ ރަމީޒު އޭނާގެ ފޭސްބުކަށް ލީ ވަރަށް ރީތި މާކޯންޏެކެވެ. އެ މާކޯނީގެ ފޮޓޯއާއެކު އަލީ ރަމީޒު ލިޔެފައިވެއެވެ.

"އެއް ތަނޑިއެއްގައި ހަތަރު މާ. ވަރަށްވެސް ފުރިހަމަ. މާޝާﷲ"

މިއާއެކު، ގިނަ ބަޔަކަށް ހީވެފައި ވަނީ އަލީ ރަމީޒު އެ އިޝާރާތްކުރަނީ ހަތަރު އަނބިންގެ ވާހަކައަށް ކަމަށެވެ. އެހެންވެ، އެ ކަމަށް ނިސްބަތްކޮށް ވަރަށް ގިނަ ބަޔަކު ގެންދަނީ ކޮމެންޓް ކުރަމުންނެވެ.


މި ފޮޓޯ އަލީ ރަމީޒު ފޭސްބުކަށް ލީތާ ގަޑިއެއްގެއިރު ތެރޭގައި 1،000 އަށް ވުރެ ގިނަ ލައިކްސް އާއި 60 އަށްވުރެ ގިނަ ކޮމެންޓްސް ކޮށް 37 މީހަކު ވަނީ ޝެއަރކޮށްފައެވެ.

ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ކޮމެންޓެވެ.






މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *