ހީކުރަމުހޭ، ފަގީރާ އިންނާނެ މަގުމަތީ
ބީކުގެ އަތެއް ދަރާލައިގެން ދެރަވެ ބިންމަތީ؟
ހީކަރުވަމުން ވެހޭހާ ވާރޭތެރޭ ރޮމުން
ސޭކުވެ އަމިއްލަ އަބުރުގެ ބާ ގޯނިގަނޑު މަތީ؟
ހީކުރަމުހޭ، ފަގީރާ…..
ތެދުވެރިކަމާ އަމާނަތްތެރި ޚާދިމެއް ކަމަށް
އެދުވަހު އުޅުނު އެ ނަމަކަށް ދިން މޮޅު ލަޤަބު މަތީ،
އެނދުމަތި ވުމުން ނަގައި އެއްލައިލީމަ ގަދަވެގެން،
އަދަބާ ސަދަބު ވިކޭނެހެ ބާޒާރުތައް މަތީ؟
ހީކުރަމުހޭ ފަގީރާ…..
ކިތަކަށް ބޮޑުންގެ އެދުރެއްކަން ނޭނގުނަސް މިތާ،
ނެތަކަސް ހެވޭ އަގެއް އަދު އެންމެންގެ ކުރިމަތީ،
މަތަނުވެ ތަޅާ ކުދިން ތަރުބިއްޔަތުގެ އަނގަމަތީ
ހިތަކަށް ތަދެއްނުވޭ އަދު ފެނުމުން މިދަނޑުމަތީ!
ހީކުރަމުހޭ ފަގީރާ…..
ގަސް ކެޔޮގަނޑޭ ކިޔާ މޮޅު މަތިވެރި މިސާލުބަސް
ދަސްކުރި ކުދިން ގަލަށް ކިޔުމޭ އޮޑިމަތީ އޮތީ.
ފަސްގަނޑު ދަށަށް ލެވޭ ދުވަހުން ވެސް ބުނާނަމޭ
އަސްތާ ދަށަކު ނެތެއްނޫންހޭ އޮތް މިއަތް، މަތީ!
ހީކުރަމުހޭ ފަގީރާ…..